Roadha Mihaaru
މި ފޮޓޯ "އަނިޔާވެރިކަމުން" ބޮޑު މައްސަލައަކަށްވެއްޖެ

މި ފޮޓޯ "އަނިޔާވެރިކަމުން" ވަރަށް ބޮޑު މައްސަލައަކަށް ވެއްޖެ

03 އޮކްޓޯބަރ 2020

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެންގޭޖްވި އިނގިރޭސިވލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމާއި ލޯބިވެރިޔާ ނިކޮލާ ޕެލްޒް އެކީގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެންގޭޖްވި އިނގިރޭސިވލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމާއި ލޯބިވެރިޔާ ނިކޮލާ ޕެލްޒް އެކީގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ނިކޮލާގެ އިންސްޓަގްރާމްގައި މިދިޔަ މަހުގެ 6 ވަނަ ދުވަހު އާންމުކުރި ފޮޓޯގައި ފެންނަނީ ބްރޫކްލިންގެ ކައިރީގައި ނިކޯލާ އިށީނދެގެން އިންނަ އިރު އޭނާގެ ކަރުގައި ބްރޫކްލިން ހިފަހައްޓާލައިގެން އިންދަ އެވެ. އަދި ދެ މީހުންގެ މޫނުމަތިން ވެސް ފެންނަން ހުންނަނީ ހިނިތުންވުމެވެ.

މި ފޮޓޯ އަށް ފާޑުކީ ބައެއް މީހުން ބުނެފައި ވަނި އެއިން ދައްކުވައި ދެނީ "އަންހެނަކާ ދޭތެރޭ އަނިޔާވެރިކޮށް އަމަލުކުރުން" ކަމަށެވެ. އެއީ ބަލައިގަނެވޭނެ ފޮޓޯއެއް ނޫން ކަމަށާއި އިންސްޓަގްރާމުން ވެސް އެ ފޮޓޯ ބޭރުކޮށްލަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ފޮޓޯގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި ކޭޑަބްލިއުއާރްއޯ ވިމެންސް ރައިޓްސް އޮގަނައިޒޭޝަންގެ ބާނީ ޑަޔާނީ ނަމީ ވިދާޅުވީ "އަނިޔާވެރިކަން ދައްކުވައިދޭ" ފޮޓޯއެއް އާންމުކުރުމުގެ ކުރިން ނިކޮލާ ވެސް އެކަމާ ދޭތެރޭ ވިސްނާލި ނަމަ ރަނގަޅުވީސް ކަމަށެވެ. ޑަޔާނާ ވިދާޅުވި ގޮތުގައި ދެ ލޯބިވެރިންގެ ފޮޓޯއިން ދެނީ "ނުރައްކާތެރި" މެސެޖެކެވެ.

"އެއިން ދޭ މެސެޖަކީ އެފަދަ ގޮތްގޮތަށް ކަންކަން ކުރުމަކީ މާ ބޮޑު މައްސަލައެއް ނޫންކަން. އެކަމަކު މި ޒާތުގެ ފޮޓޯތައް އާންމުކުރާ ކަމަށް ވަންޏާ އަންހެނުންނަށް އަނިޔާކުރާ މީހުންނަށް ވެސް އެ ދެވެނީ އިތުރު ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.

ޑަޔާނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ގިނަ މުޖުތަމައުތަކުގެ ހާލަތު އޮތް ގޮތަށް ބަލާ އިރު އަންހެންނަށް ކުރާ އަނިޔާތައް ގިނަ އެވެ. އަދި އެފަދަ މައްސަލަތައް އިނގިރޭސިވިލާތުގައި ވެސް މަދު ނޫން ކަމަށް ވިދާޅުވި އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި އެވްރެޖްކޮށް މަރުވާ އަންހެނުންގެ ތެރެއިން އެކަކީ ބައިވެރިޔާގެ ފަރާތުން ލިބޭ އަނިޔާތަކާ ހެދި ފުރާނަ ގެއްލޭ މީހުންނެވެ.

"އެހެންވެ މިފަދަ ހާލަތެއްގެ ތެރޭގައި އަހަރެމެން އުޅޭ އިރު މަޝްހޫރު އަދި ގިނަ ބަޔަކު ދަންނަ މީސްމީހުން އަނިޔާވެރި ކަމަށް ހިތްވަރު ދެވޭ ކަހަލަ ކަންކަން ކުރުމަކީ ވަރަށް ދެރަކަމެއް،" ޑަޔާނާ ވިދާޅުވި އެވެ.

އޭނާ އަދި ވަނީ އެ ފޮޓޯގެ މައްސަލާގައި ބްރޫކްލިން މައާފަށް އެދެން ކެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި ފޮޓޯ އަށް ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ވެސް ބްރޫކްލިން އަމަލު ބަލައިނުގަންނަ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ބުރޫކްލިން ވަނީ ފޮޓޯ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ރަނގަޅަށް ދެ ލޮލަށް ފެންނަ ބަޔަކު ނަމަ އެ ފޮޓޯ އިން ފެންނަން ހުރި މަންޒަރު "ބޮޑު ޖަރީމާއަކަށް" ހަދައިގެން ވާހަކަ ނުދައްކާނެ ކަމަށެވެ.

ބުކޫރްލީން ބުނީ އެ ފޮޓޯ އިން އޭނާ އާއި ނިކޮލާ ތިބި ގޮތަށާއި އެ މީހުންގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ވެސް އެއީ "އަނިޔާވެރިކަން" ފެންނަ އެއްޗެއް ކަމަށް ތަސައްރަފު ފުދޭ ބަޔަކު ގަބޫލުނުކުރާނެ ކަމަޑެވެ. ބްރުކްލިން ވަނީ ޑަޔާނާ އަށް ވެސް މި މައްސަލާގައި ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ކޮންމެ ކަމެއް ބޮޑުކޮށްލައިގެން ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދަން އުޅުމަކީ ރީތި ކަމެއް ނޫން ކަމަށެވެ.