Roadha Mihaaru

ސިޒޭރިއަން އަށް ފަހު އަންހެނަކު މަރުވި މައްސަލަ ބަލަނީ

ވިހަން ދިޔަ އަންހެނަކު ސިޒޭރިއަން އޮޕަރޭޝަނަށް ފަހު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ސިޒޭރިއަން އަށް ފަހު އަންހެނަކު މަރުވި މައްސަލަ ބަލަނީ
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

06 އޮކްޓޯބަރ 2020

ވިހަން ދިޔަ އަންހެނަކު ސިޒޭރިއަން އޮޕަރޭޝަނަށް ފަހު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި އެ އަންހެން މީހާ މަރުވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ހެލްތު މިނިސްޓްރީން ބުނީ އެކަމުގައި ހޮސްޕިޓަލުގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް ބަލަމުންދާ މައެއްސަލައަކަށް ވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މައްސަލަ ބަލަމުންއަންނަނީ އާއިލާއިން މައްސަލަ ހުށަހަޅައިގެން ނޫން ކަމަށެވެ. އުސޫލުގައި ވާގޮތުން ނެޗުރަލް ޑެތެއް ނޫން ނަމަ ހޮސްޕިޓަލުން އެކަމެއް މިނިސްޓްރީ އަށް އަންގަން ޖެހޭ ކަމަށާއި މައްސަލަ ބަލަމުން ދަނީ އެ އުސޫލުން ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 29 އަހަރުގެ އަންހެން މީހާ އަކީ ނ. ވެލިދޫ މީހެކެވެ. އަންހެން މީހާ ނިޔާވި ނަމަވެސް އޭނާ ވިހެއި ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ވެސް އެނގިފައި ވެއެވެ.