Roadha Mihaaru
މައްކާ އަށް ހަމަލާ ދިނުމަކީ މުސްލިމުންނަށް ގޯނާކުރުން

މައްކާ އަށް ހަމަލާ ދޭން އުޅުމަކީ 1.5 ބިލިއަން މުސްލިމުންނަށް ގޯނާކުރުން: ސުދައިސް

30 އޮކްޓޯބަރ 2016

މައްކާ (އޮކްޓޯބަރު 30) - އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން މައްކާ ސަރަހައްދަށް ބެލިސްޓިކް މިސައިލުން ހަމަލާދޭން އުޅުމަކީ ދުނިޔޭގެ 1.5 ބިލިއަން މުސްލިމުންނަށް ކުރަން އުޅުނު ގޯނާއެއް ކަމަށް ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ރައީސް ޝެއިޚް އަބްދުއްރަހުމާން އަލް ސުދައިސް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ހޫތީ ބާޣީން މައްކާ ސަރަހައްދަށް ދޭން އުޅުނު މިސައިލެއް ސައުދީ ސިފައިން ނާކާމިޔާބުކޮށްލާފައި ވަނިކޮށް ސުދައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މާތްވެގެންވާ ގެފުޅަށް ހަމަލާ ދޭން އުޅުމަކީ އެބައެއްގެ މައްޗަށް މާތްﷲގެ ކޯފާ އާއި ހަލާކު ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.

"މި ނުބައި އަމަލުގެ ސަބަބުން ދީނާއި ގައުމު ހިމާޔަތް ކުރުމަށް ސައުދީ ސިފައިންގެ އަޒުމް ވަރުގަދަވެގެން ދާނެ،" ސުދައިސް ވިދާޅުވި އެވެ.

ހޫތީން ދޭން އުޅުނު ހަމަލާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމް ލީޑަރުންނާއި މުސްލިމް ޖަމާއަތްތަކުން ކުށްވެރިކޮށްފަ އެވެ. ޔޫރަޕިއަން އިސްލާމިކް ކޮންފަރެންސްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިޝާރީ ވަނީ ހޫތީންނާއި އެ މީހުންނަށް ވާގިވެރިވާ މީހުންނާ ދެކޮޅަށް ދައުވާ ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައްވައިފަ އެވެ. ސްޕޭނުގެ އިމާމުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. ފިލިޕީންސްގެ ދާރުލް އިފްތާ އިން ބުނެފައި ވަނީ އެ ގައުމުގެ މުސްލިމުން ތިބީ ސައުދީ އަރަބިއާއާ އެކު ކަމަށެވެ. މޮރޮކޯގެ ޚާރިޖީ ވުޒާރާ އިން ވެސް ވަނީ ހޫތީންގެ މި އަމަލު ކުށްވެރިކޮށްފަ އެވެ. އަދި ހޮން ކޮންގްގެ ގްރޭންޑް މުފްތީ ޝެއިޚް މުހައްމަދު އަރުޝާދު ވެސް ވަނީ ހޫތީން ދޭން އުޅުނު ހަމަލާއާ ދެކޮޅު ހައްދަވައިފަ އެވެ.