13 އޮކްޓޯބަރ 2020
ކޮވިޑް-19 އާ ހެދި ދަތުރުފަތުރުތަކަށް އެރި ބުރުލާއާ ގުޅިގެން ލިބުނު ގެއްލުންތައް ކުޑަކުރަން ސިންގަޕޫރު އެއާލައިންސްގެ ދެ މަތިންދާބޯޓެއް ވަގުތީ ރެސްޓޯރަންޓްތަކަކަށް ބަދަލުކޮށް، ހިދުމަތް ދޭން ނިންމައިފި އެވެ.
ކޮވިޑް-19 އާ ހެދި ދަތުރުފަތުރުތަކަށް އެރި ބުރުލާއާ ގުޅިގެން ލިބުނު ގެއްލުންތައް ކުޑަކުރަން ސިންގަޕޫރު އެއާލައިންސްގެ ދެ މަތިންދާބޯޓެއް ވަގުތީ ރެސްޓޯރަންޓްތަކަކަށް ބަދަލުކޮށް، ހިދުމަތް ދޭން ނިންމައިފި އެވެ.
އެ އެއާލައިނުން ބުނީ ވަގުތީ ރެސްޓޯރަންޓްތަކަކަށް ބަދަލުކުރަން ނިންމީ މި ވަގުތު ޗަންގީ އެއާޕޯޓްފައި ގްރައުންޑްކޮށްފައި އޮތް A380 އެއާބަސްގެ ދެ މަތިންދާބޯޓެއް ކަމަށެވެ. އެ ދެ ބޯޓުން ރެސްޓޯރަންޓްގެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ މި މަހުގެ 24 އާއި 25 ގަ އެވެ.
ސިންގަޕޫރް އެއާލައިންސުން ބުނި ގޮތުގައި ދެ މަތިންދާބޯޓުގައި ރެސްޓޯރަންޓްގެ ހިދުމަތް ދޭން ނިންމައި ބުކިންސް ހަދަން ހޯމަ ދުވަހު ހުޅުވައިލިތާ އެންމެ ބައިގަޑިއިރު ތެރޭގައި ބުކިންސް ފުލްވެފައިވެ އެވެ. އެތަނުން ބުނި ގޮތުގައި ރެސްޓޯރަންޓްގެ ހިިދުމަތްދޭ އިރު، މައިގަނޑު ހަތަރު ވައްތަރެއްގެ ކާނާ އަށް އޯޑަރުކުރެވޭނެ އެވެ. އަދި އަގުތައް އުޅޭނީ 39-474 ޑޮލަރާ ދެމެދުގަ އެވެ.
ގްރައުންޑްކޮށްފައިވާ މަތިންދާބޯޓްތަކުގައި ރެސްޓޯރަންޓްގެ ހިދުމަތް ދޭނީ ސޯޝަލް ޑިސްޓެންސިން އަށް ވެސް ވަރަށް ބޮޑަށް ބަލައިގެންނެވެ. އަދި ވަރަށް އަރާމު ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ބޯޓްގެ ތެރޭގައި ހޭދަކޮށްލެވޭވޭނެ ކަމަށް ބުންޏެވެ. އެގޮތުން، ބިޒީ ޝެޑިއުލާ ހެދި ކުރިން ފިލްމެއް ބަލައިލަން ވަގުތު ނުލިބޭ މީހުންނަށް، މަތިންދާބޯޓްގައި ހޭދަކޮށްލާ ވަގުތުގެ ތެރޭގައި ހަމަޖެހިލައިގެން އިނދެ ގަޔާވާ ފިލްމާއި ސީރީޒް ބަލައިލުމުގެ ފުރުސަަތު އޮންނާނެ އެވެ.
ސިންގަޕޫރް އެއާލައިންސްގެ ބޯޓެއް.
ސިންގަޕޫރް އެއާލައިންސުން ބުނިގޮތުގައި މިފަދަ ތާށި ދަނޑިވަޅެއްގައި އެއާލައިންގެ މަތިންދާބޯޓް ކޮންމެވެސް އެހެން ގޮތަކަށް ބޭނުންކޮށްލައިގެން އާމްދަނީއެއް ލިބުމަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކަށް ވާނެ އެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ހެދި މިދިޔަ ޖޫން މަހުގެ ނިޔަލަށް 1.12 ބިލިއަން ލަރުގެ ގެއްލުމެއްވެފައިވެ އެވެ. އަދި މިކަމާ ހެދި އެއާލައިންގެ މުވައްޒަފުންގެ 20 ޕަސެންޓް ދޫކޮށްލަން ޖެހުނެވެ.
ހިދުމަތްތައް އެންމެ ރަނގަޅު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރް އެއާލައިންސްގެ ފްލީޓްގައި ހިމެނޭ 220 ބޯޓްގެ ތެރެއިން މިދިޔަ މަހުން ފެށިގެން އޮޕަރޭޓްކުރަމުން އަންނަނީ އެންމެ 32 ބޯޓެވެ.
ކޮވިޑާ ހެދި މި އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އިންޑަސްޓްރީ އަކީ އޭވިއޭޝަން ދާއިރާ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ އިންޑަސްޓްރީ އަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެތައް އަހަރެއް ނަގާނެ އެވެ. އަދި މިހާރު ވެސް ބައެއް އެއާލައިންތަކަށް ވަނީ ބަނގުރޫޓްވުމުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ.
އެސްކިއު ބޯޓެއް ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެއްޖެ
ސިންގަޕޫރުގެ ބަދަލަކާ އެކު އެއާ ޓިކެޓް އަގު ބޮޑުވެދާނެ
ސިންގަޕޫރު އެއާލައިންސުން މުވައްޒަފުންނަށް ވެކްސިން ދެނީ
އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އިންސްޕެކްޝަނެއް
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް
ތިން މަހަށް ފަހު ކެފޭ/ރެސްޓޯރަންޓް މާދަމާ ހުޅުވާލަނީ
ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފި
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!
ޑެލިވަރީގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ
ޓޫރިޒަމް އިޝްތިހާރު ކުރުމަށް ޑްރީމް ލައިނާ ރާއްޖެ އަށް