Roadha Mihaaru
އިމާދު ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަނީ

އިމާދު ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަނީ

13 އޮކްޓޯބަރ 2020

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އިމާދު ލަތީފު ހިތުގެ ބައްޔަށް ފަރުވާ ހޯއްދެވުމަށް އައިޖީއެމްއެޗުގައި ރޭ އެޑްމިޓު ކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އިމާދު ލަތީފު ހިތުގެ ބައްޔަށް ފަރުވާ ހޯއްދެވުމަށް އައިޖީއެމްއެޗުގައި ރޭ އެޑްމިޓު ކޮށްފި އެވެ.

މީގެ 28 އަހަރު ކުރިން ފެށިގެން ނޫސްވެރިކަން ކުރަމުން ގެންދާ އިމާދުގެ އާއިލާ އިން "މިހާރު" އަށް ބުނީ، އިމާދުގެ އެންޖިއޮޕްލާސްޓީ ހަދައި އެއް ސްޓެންޓު ލައްވާފައިވާ ކަމަށެވެ.

އާއިލާ އިން ބުނީ މިވަގުތު އިމާދުގެ ހާލަތު ސްޓޭބަލް ކަމަށާއި ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ދެ ދުވަހެއްގެ ތެރޭގައި އައިސީޔޫ އިން ދޫކުރާނެ ކަމަށް ބެލެވޭ ކަމަށް އާއިލާ އިން ބުނެ އެވެ.

އިމާދު ނޫސްވެރިކަން ފެއްޓެވީ 1992 ވަނަ އަހަރު "ހަވީރު" ނޫހުންނެވެ. އެ ނޫހުގައި 17 އަހަރު މަސައްކަތް ކުރެއްވި އެވެ. ކުޅިވަރާއި ބޭރު ދުނިޔޭގެ ޚަބަރު ލިޔުމުގެ ދާއިރާ އިން މަޝްހޫރުކަން ހޯއްދަވާފައިވާ އިމާދު ވަނީ 2018 ވަނަ އަހަރު އަލިމަސް ގަލަން ވެސް ހާސިލް ކުރައްވާފައިފަ އެވެ.

އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވީޓީވީގެ ނިއުސް ހެޑެއްގެ ގޮތުގަ އެވެ. ވީ-ނިއުސްރޫމް ހިންގުމާ 11 ވަރަކަށް އަހަރު އުޅުމަށް ފަހު، މިދިޔަ އަހަރު އެ މަގާމުން އެކަހެރިވެ، އޭނާ ސިޔާސީ ދާއިރާ އަށް ނުކުތެވެ. އެކަމަކު މިހާރު ވެސް އިމާދު ގެންދަވަނީ ބައެއް ނޫސްތަކަށް ލިޔުއްވަމުންނެވެ.