Roadha Mihaaru
ޕޮމްޕިއޯ ރާއްޖެ ވަޑައިގެން ރައީސްއާ ބައްދަލުކުރައްވާނެ

ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހު، ރައީސްއާ ބައްދަލުކުރައްވާނެ

21 އޮކްޓޯބަރ 2020

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށާއި އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށާއި އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޕޮމްޕިއޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ރައީސާއި ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ކޮވިޑްް-19 އާ ދެކޮޅަށް ކުރާ މަސައްކަތާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުން ފަދަ ކަންކަމާ ބެހޭ މަޝްވަރާތައް ޕޮމްޕިއޯގެ ދަތުރުގައި ކުރައްވާނެ ކަމަށެވެ. އޭނާ ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން އަވަށްޓެރި އިންޑިއާ އާއި ސްރީ ލަންކާ އަދި އިންޑޮނީޝިއާ އަށް ޒިޔާރަތްކުރައްވާނެ އެވެ. އެ ގައުމުތަކާ އެކުގައި ވެސް މަޝްވަކުރައްވާނެ އެއްކަމަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަ އެވެ.

ޕޮމްޕިއޯގެ ދަތުރަކީ 28 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް އެންމެ ފަހުން ދަތުރެއް ކުރެއްވީ ޖުލައި 1992 ގައި، އޭރުގެ އެމެރިކާގެ ޚާރިޖީ ވަޒީރަކީ ޖޭމްސް ބޭކާ އެވެ. އެއީ އިރާގުން ކުވޭތު ހިފައިގެން މެދުއިރުމަތީގައި އެމެރިކާ އިން އިރާގާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރެވެ.