Roadha Mihaaru
އދ.ގެ މުހިއްމުކަން މި ހާލަތުގައި އިހްސާސްވޭ: ޝާހިދު

ބަލިމަޑުކަމާ އެކު އދ.ގެ މުހިއްމުކަން އިތުރަށް އިހުސާސްވޭ: ޝާހިދު

24 އޮކްޓޯބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު އދ.ގެ މުހިއްމުކަން މިހާރު އިތުރަށް އިހުސާސްވާ ކަމަށް ރާއްޖޭން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު އދ.ގެ މުހިއްމުކަން މިހާރު އިތުރަށް އިހުސާސްވާ ކަމަށް ރާއްޖޭން މިއަދު ބުނެފި އެވެ.

އދ.އަށް 75 އަހަރު ފުރުމުގެ މުނާސަބާގައި ފޮރިން މިނިސްޓަަރު އަބްދުﷲ ޝާހިދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް އދ.ގެ ޗާޓަރުގައިވާ އަސާސްތައް ދަމަހައްޓަން ގޮވާލާ ގައުމެއް ކަމަށާއި އެ ޖަމާއަތުގައި ބައިވެރިވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖެ އޮތީ އިޚުލާސްތެރި ބައިވެެރިއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ރާއްޖޭން ގޮވައިލަނީ ސުލްހައާއި އިގުތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"..މިއަދަކީ އ.ދ.ގެ 75 ވަނަ އަހަރީ ދުވަސް. ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑުވަޅުގައި އ.ދ. ގެ މުހިންމުކަން އިތުރަށް އިހްސާސްވޭ،" މެސެޖްގައި ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމަށް ވިޔަސް އެހެން ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށްދާ ގައުމެއް ކަމަށާއި ކުދި ގައުމުތަކަކީ އދގެ މުހިއްމު ބައިވެރިންކަން ސާބިތުކޮށްދެމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަލަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި އިސް މޭސްތިރިންގެ ދައުރު ކުދި ގައުމުތަކަށް އަދާކުރެވިދާނެކަން ވެސް ރާއްޖޭން ސާބިތުކޮށްްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އދ.އަށް ތައުރީފް ކުރައްވަމުން ޝާހިދު ވިދާޅުވި ގޮތުގައި 75 އަހަރު ވަންދެން އ.ދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒްމް އަށް މަގުއަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރެއްގެ ގޮތުގަ އެވެ. މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާއިރު އދ. އާ މެދު ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ. އުފެއްދީ ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ ގޮތުގައި ތިބި ގައުމުތަކުންނެވެ. އެ ޖަމާއަތް އުފެއްދީ 1942 ވަނަ އަހަރު އެވެ.