30 އޮކްޓޯބަރ 2020
މާކެޓުން މިހާރު ގެއްލިފައިވާ އިންޑިއާގެ މައިކްރޮމެކްސްގެ ސްމާޓްފޯނު އަލުން ނެރެން ނިންމައި، އޭގެ އެންމެ ފަހުގެ ވާޝަން ދައްކާލައިފި އެވެ.
މާކެޓުން މިހާރު ގެއްލިފައިވާ އިންޑިއާގެ މައިކްރޮމެކްސްގެ ސްމާޓްފޯނު އަލުން ނެރެން ނިންމައި، އޭގެ އެންމެ ފަހުގެ ވާޝަން ދައްކާލައިފި އެވެ.
އިންޑިއާގެ މާކެޓްގައި ޗައިނާގެ ފޯނުތައް ވަކިހިއްޕައިލުމުން މައިކްރޮމެކްސްގެ ފޯނު ވިޔަފާރި ހުއްޓުމަކަށް އައީ 2014 ގަ އެވެ. އޭގެ ހަ އަހަރު ފަހުން އަލުން ފޯނު ނެރެން މި ނިންމީ އިންޑިއާ އާއި ޗައިނާއާ ދެމެދު ހޫނުވެފައިވާ ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ޗައިނާގެ އުފެއްދުން އިންޑިއާގައި ބޮއިކޮޓްކޮށް، އަމިއްލަ އުފެއްދުންތެރި ކަމަށް ބަރޯސާވާން މަސައްކަތް ފަށާފައި ވަނިކޮށެވެ.
އެގޮތުން އަންނަ މަހުގެ 3 ގައި މައިކްރޮމެކްސް އިން-ސީރީޒްގެ ދެ ވާޝަނެއް ނެރޭނެ އެވެ. އެއީ ހީލިއޯ ޖީ35 އާއި ހީލިއޯ ޖީ85 އެވެ. މީގެ ޓީޒާއެއް މައިކްރޮމެކްސް އިން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވާ އިރިު، ފޯނުގެ ކަވަރު ފަރުމާކޮށްފައި ހުރީ އެކްސް އަކުރު ސިފަވާ ކަހަލަ ޕެޓާންތަކުންނެވެ. އަދި ކަވަރުގެ ތިރީގައި އިންޑިއާ ރަމްޒުކޮށްދޭން "އައިއެން" ހިމަނާފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެންޑްރޮއިޑް ސަޕޯޓްކުރާ ގޮތަށް އަލަށް ނެރޭ ދެ ވާޝަނުގެ ތެރެއިން އެއް މޮޑެލްގައި ދެ ކެމެރާ އިންނާނެ އެވެ. އަދި އަނެއް މޮޑެލްގައި ތިން ކެމެރާ އިންނާނެ އެވެ.
މީޑިއާތަކުން ބުނީ އަލަށް ނެރޭ 6.5 އިންޗީގެ އެޗްޑީ ޕްލަސް ޑިސްޕްލޭ އެކުލެވޭ ފޯނުގެ އަގުތައް އުޅޭނީ 7،000-25،000 ރުޕީސް (1,458.84-5,210.13ރ.) އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.
އިންޑިއާގައި އެންމެ ބޮޑު މަގުބޫލުކަމެއް މިހާތަނަށް ހޯދާފައި ވަނީ ޗައިނާގެ ކުންފުނިތަކުގެ ފޯންތަކެވެ. އޭގެ ތެރޭގައި ވަންޕްލަސް އާއި ޝޯމީ އާއި ރިއަލްމީ އަދި ވީވޯ ފަދަ ބްރޭންޑްތައް ފާހަގަކޮށްލެވެ އެވެ.
އައިފޯނުގެ އަގުބޮޑު މޮޑެލްތައް އިންޑިއާގައި އުފައްދަނީ
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް
ޓީސީއެލްގެ ފަތްޖެހޭ ފޯނުގެ މަސައްކަތް މެދުކަނޑާލައިފި
ވާވޭގެ އާ ފޯނު ނެރުން 29 ގައި
ޝޯމީގެ ފޯނު ފުލް ޗާޖުކޮށްލަން އަށް މިނެޓް
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
ވަން ޕްލަސް އިން ގޭމިން އަށް ހާއްސަ ފޯނެއް
ވަންޕްލަސްގެ އާ ފޯނު ނެރުން 23 ގައި