01 ނޮވެމްބަރ 2020
ވިޔަފާރި އުސޫލުން ބިދޭސީންނަށް އެކޮމޮޑޭޝަން ދޭ ތަންތަން ރަޖިސްޓްރީކުރަން ލާޒިމްކޮށް އިކޮނޮމިކް މިނިސްޓްރީން ގަވައިދެއް ހަދައިފި އެވެ.
ވިޔަފާރި އުސޫލުން ބިދޭސީންނަށް އެކޮމޮޑޭޝަން ދޭ ތަންތަން ރަޖިސްޓްރީކުރަން ލާޒިމްކޮށް އިކޮނޮމިކް މިނިސްޓްރީން ގަވައިދެއް ހަދައިފި އެވެ.
ގަވައިދުގައި ބުނާ ގޮތުން ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަނެއްގައި ނުވަތަ ހަމައެކަނި އެ ފަރާތެއްގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ނަގާފައިވާ ތަންތަން ފިޔަވައި ދެން ބިދޭސީން ބައިތިއްބާ ތަންތަން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. އަދި ބިދޭސީން މަސައްކަތްކުރާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީންނަށް ދޫކޮށްފައިވާ ތަންތަން ވެސް ރަޖިސްޓްރީކުރާކަށް ނުޖެހެ އެވެ. މި ނޫން ތަނެއްގައި ބިދޭސީންނަށް އެކޮމަޑޭޝަން ދޭ ނަމަ ރަޖިސްޓްރީކުރަން ވަނީ ލާޒިމްކޮށްފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބިދޭސީންނަށް އެކޮމަޑޭޝަން ދޭ ތަންތަން ރަޖިސްޓްރީކުރަން ޖެހެނީ އަމިއްލަ ފަރުދުންގެ ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ދަށުންނެވެ. އަދި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ޖެހެނީ ބިޒްނަސް ޕޯޓަލްގައި އެކްޕެޓް އެކޮމަޑޭޝަންގެ ގޮތުގަ އެވެ.
ރަޖިސްޓްރޭޝަަނަށް ހުށަހަޅާއިރު އެ ވިޔަފާރިއެއްގެ ރަޖިސްޓްރޭޝަން ނަމްބަރު، ވިޔަފާރީގެ ނަން އަދި އެކޮމަޑޭޝަން ދޭ އެޑްރެސް ހުށަހަޅަން ޖެހެ އެވެ. އަދި އެތަން ބަލަހައްޓާ މީހަކަށް ގުޅޭނެ ނަމްބަރަކާއި އެ ތަނަކީ ވިޔަފާރި އުސޫލުން އެ ހިދުމަތްދޭ މީހާގެ އަމިއްލަތަނެއް ނަމަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އެއީ ހިދުމަތްދޭ މީހާ ކުއްޔަށް ނަގާފައިވާ ތަނެއް ނަމަ އެކަން އެނގޭނެހެން އަދި ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިއުމެއް ވެސް ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން ފްލޯ ޕްލޭނުގެ ކޮޕީ އާއި އެކޮމަޑޭޝަނުގައި ހުރި ކޮޓަރީގެ އަދަދާއި އެނދުގެ އަދަދާއި ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކުރާ ލިޔުމެއް ވެސް ހުށަހަޅަން ޖެހެ އެވެ. އަދި ރަޖިސްޓްރީ ކުރުމަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ކުރިން އެތަން ހުރީ ބިދޭސީން މަސައްކަތްކުރާ ގަވާއިދުގައި ކަނޑައަޅާފައިވާ އެކޮމަޑޭޝަން އުސޫލާ އެއްގޮތަށްތޯ ބެލުމަށް ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށެވެ. އެ ތަންތަންތަނުގައި ދިރިއުޅެނީ ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންކަން ޔަގީންކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހުއްދައާ އެކު ހިންގާ އެއްވެސް ތަނެއް އުސޫލަށް ނުފެތޭ ނަމަ ކޮންމެ ތަނެއް 5،000ރ. އިން ޖޫރިމަނާކުރަން ގަވައިގައި ކަނޑައަޅާފައިވެ އެވެ. ފިޔަވަޅަށް ފަހު ވެސް އިސްލާހު ނުކޮށްފި ނަމަ ވިޔަފާރި ހުއްދަ ބާތިލްކުރާނެ އެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށަނީ މި މަހު 29ގަ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ ބިދޭސީންނަކީ އިންސާނުން އުޅެން އެކަށީގެންނުވާ ފަދަ ތަންތަނުގައި ވަރަށް ދަތި ހާލުގައި އުޅޭ މީހުންނެވެ. އެއްތަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން އުޅޭއިރު ރާއްޖޭގައި ކޮވިޑް-19 ޖެހުނު ގިނަ ބިދޭސީންނަކީ ވެސް އެފަދަ ތަންތަނުގައި އުޅުނު މީހުންނެވެ.
މައުލޫމާތު ކަށަވަރުނުވާ ބިދޭސީން ދެން ނުތިބޭނެ
ބިދޭސީ ކޯޓާގެ ބައެއް ހިދުމަތްތައް މެދުކަނޑާލަނީ
ޑިޕޮސިޓް ފައިސާ ހޯދަން 2000 އަށް ވުރެ ގިނަ މީހުން
ބިދޭސީން ގެންނަން އޮޅުވާލައިގެން ޕޯޓަލްތަކެއް ހިންގަނީ
ދޮޅުމަސްތެރޭގައި ބިދޭސީންގެ ޑިޓެންޝަން ފެސިލިޓީ ހުޅުވަނީ
ބިދޭސީން ގެންނަން ޑިޕޮސިޓްކުރި 549މިލިއަން ރުފިޔާދީފި
24،000 ބިދޭސީން ފޮނުވާލައިފި، ކޯޓާ ދިނުން ދަށަށް
ބިދޭސީން ވަޒީފާއަށް ގެނައުން ކޮންޓްރޯލްކުރެވިއްޖެ:ރައީސް
ގަވާއިދަށް ނުފެތޭ ބިދޭސީން ހުޅުމާލެ އަށް
ބިދޭސީންގެ ކޯޓާ ފީ އަށް 2،000ރ. ނަގަން ފަށަނީ