Roadha Mihaaru
އެނބުރި އައިސް ރޮނާލްޑޯ ޔުވެންޓަަސް މޮޅުކޮށްދީފި

އެނބުރި އައިސް ރޮނާލްޑޯ ޔުވެންޓަަސް މޮޅުކޮށްދީފި

02 ނޮވެމްބަރ 2020

ޓިއުރިން (ނޮވެމްބަރު 2) - ކޮވިޑް ޖެހިގެން 19 ދުވަސް ވަންދެން އައިސޮލޭޝަނުގައި ހުރުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމަށް އެނބުރި އައި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ދެ ގޯލު ޖަހައިގެން ސްޕެޒިއާ އަތުން 4-1 އިން ޔުވެންޓަސް މޮޅުކޮށްދީފި އެވެ.

ޓިއުރިން (ނޮވެމްބަރު 2) - ކޮވިޑް ޖެހިގެން 19 ދުވަސް ވަންދެން އައިސޮލޭޝަނުގައި ހުރުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމަށް އެނބުރި އައި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ދެ ގޯލު ޖަހައިގެން ސްޕެޒިއާ އަތުން 4-1 އިން ޔުވެންޓަސް މޮޅުކޮށްދީފި އެވެ.

ގައުމީ ޓީމުގައި ހުއްޓައި ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވުމުން ޔުވެންޓަސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ. މެޗުގެ 14 ވަަނަ މިނިޓްގައި ޔުވެންޓަސް ވަނީ އަލްވާރޯ މޮރާޓާގެ ގޯލުން ލީޑުނަގައިފަ އެވެ. ފުރަތަމަ ހާފުގައި ސްޕެޒިއާ އަށް އެއްވަރުކޮށްދިނީ ޓޮމާސޯ ޕޮބޭގާ އެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކުޅެން އެރީ ޕައޮލޯ ޑިބާލާގެ ބަދަލުގައި މެޗުގެ 56 ވަނަ މިނިޓްގަ އެވެ. އޭގެ ތިން މިނިޓް ފަހުން ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީޑުނަގައިދީފަ އެވެ. އޭޑްރިއަން ރަބިއޯގެ ގޯލާ އެކު ޔުވެންޓަސް އިން ލީޑުފުޅާކުރިއިރު، ރޮނާލްޑޯ މެޗުގެ 76 ވަނަ މިނިޓްގައި ޔުވެންޓަސްގެ ހަތަރު ވަނަ ގޯލު ޖެހީ ޕެނަންކާ ޕެނަލްޓީ އަކުންނެވެ.

"ކްރިސްޓިއާނޯ އެނބުރި އައިސްފި. އެއީ އެންމެ މުހިއްމު ކަންތައް. އަހަރެން ހުރީ ހުއްޓުވާފައި ކޮވިޑްގެ އެއްވެސް އަލާމަތެއް ނެތި ވެސް. މިއަދު ވަރަށް ރަނގަޅު އިހުސާސެއް ކުރެވެނީ. އެނބުރި އައިސް ފުޓްބޯޅަ ކުޅެލެވުމުން ވަރަށް ހިތްހަމަޖެހިއްޖެ،" ރޮނާލްޑޯ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ ޕްލޭނަކީ ދެ ވަނަ ހާފްގައި ރޮނާލްޑޯ ކުޅެން އެރުވުން ކަމަށާއި އެކަމަކު ކުރިން ރޭވި ވަގުތަށް ވުރެން އަވަހަށް ރޮނާލްޑޯ ބޭނުންކުރަން ނިންމީ ހާލަތުގެ ގޮތުން ކަމަށެވެ. އަދި ރޮނާލްޑޯ އަވަހަށް އެރުވުމުގެ ފައިދާ ވަގުތުން ފެނިގެންދިޔަ ކަމަށް ޕިރްލޯ ވަނީ ބުނެފަ އެވެ.

މިލާނުގެ އިބްރަހިމޮވިޗް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މިލާނުގެ އިބްރަހިމޮވިޗް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ ނަތީޖާއާ އެކު ޔުވެންޓަސް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތަރު ވަނައިގައި އޮތް އެޓަލަންޓާއާ އެއްވަރަށް ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި އުދިނޭޒީ އަތުން 2-1 އިން މޮޅުވި އޭސީ މިލާން އެވެ. މިލާން އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސަސުއޯލޯ އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.

މިލާނަށް މެޗުގެ 18 ވަނަ މިނިޓްގައި ފްރޭންކް ކެސީ ލީޑުނަގައިދީފައިވަނިކޮށް ދެ ވަނަ ހާފްގެ ކުރީކޮޅުގައި އުދިނޭޒީ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑި ޕޯލް އެވެ. މިލާން މޮޅުކޮށްދިން ލަނޑު މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ޒަލަޓާން އިބްރަހިމޮވިޗް އެވެ. އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް މި ގޯލު ޖެހީ އޯވަހެޑް ކިކަކުންނެވެ.