Roadha Mihaaru
ޔުވެންޓަސް ބަލިިވިއިރު، މިލާން މުހިއްމު މޮޅެއް ހޯދައިފި

ޔުވެންޓަސް ބަލިިވިއިރު، މިލާން މުހިއްމު މޮޅެއް ހޯދައިފި

22 މާޗް 2021

މިލާން (މާޗް 22) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ރޭ ކުޅުނު މެޗުން ލީގުގެ 16 ވަނައިގައި އޮތް ބެނެވެންޓޯ އަތުން 1-0 އިން ބަލިވިއިރު، ފިއޮރެންޓީނާ އަތުން 3-2 އިން މޮޅުވެ ލީގުގެ ރޭހުގައި އޭސީ މިލާނުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާތީ މި ހަފްތާގައި ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން ކުޅެން ޖެހޭ މެޗު ވަނީ ފަސްކޮށްފަ އެވެ. އިންޓަ އެއް ވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު މިލާން ވަނީ 28 މެޗުން 59 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް ރޭ ބަލިވުމާ އެކު ލީގުގެ ރޭހުގައި އެ ޓީމު ވަނީ ވަރަށް ފަހަތަށް ގޮސްފަ އެވެ. ޔުވެންޓަސް އަށް 27 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ.

ލަނޑު ޖެހުމަށް ފަހު މިލާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މިލާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްލޮރެންސްގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ސިމޮން ކިއޭ ދިން ބޯޅައަކުން މިލާނަށް ލީޑުނަގައިދިނީ ޒްލަޓާން އިބްރަހިމޮވިޗް އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އެރިކް ޕުލްގާގެ ގޯލުން ފިއޮރެންޓީނާ ވަނީ އެއްވަރުކޮށްފަ އެވެ. ފިއޮރެންޓީނާ އިން ވަނީ މެޗުގެ 51 ވަނަ މިނިޓްގައި ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ރިބެރީގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު އެ ލީޑު ހިފަހައްޓައިލެވުނީ ހަ މިނިޓް ވަންދެނެވެ. މެޗުގެ 57 ވަނަ މިނިޓްގައި ކިއޭ ދިން ބޯޅައަކުން ބްރާހިމް ޑިއާޒް ވަނީ މިލާނަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި މިލާން މޮޅުކޮށްދިން ގޯލު ޖެހީ ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ އެވެ. މިއީ ފްރޭންކް ކެސިއޭ ދިން ބޯޅައަކުން ޗަނޮނޮގްލޫ ޖެހި ގޯލެކެވެ.

ޔުވެންޓަސް ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިިންމައިފަ އެވެ. ރޮނާލްޑޯ ފޮނުވާލި ގިނަ ހަމަލާތަކެއް ބެނެވެންޓޯ ކީޕަރު ލޮރެންޒޯ މޮންޓީޕޯ ވަނީ މަތަކޮށްފަ އެވެ. ޔުވެންޓަސް އަށް މި މެޗުގައި ދިން ޕެނަލްޓީއެއް ވަނީ ވީޑިއޯ އެސިސްޓަން ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނުދޭން ނިންމައިފަ އެވެ. މި މެޗުގައި ބެނެވެންޓޯ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނިޓްގައި އަޑޮލްފޯ ގައީޗް އެވެ.