Roadha Mihaaru
އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދީފި

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ކުރީގެ ފިރިމީހާ ގެއްލުން ދީފި

27 އެޕްރީލް 2019

މާލޭގައި ޓެކްސީ ދުއްވާ ހަމަ އެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް އޭނާގެ ކުރީގެ ފިރިމީހާ ރޭ ގެއްލުންތަކެއް ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި ޓެކްސީ ދުއްވާ ހަމަ އެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް އޭނާގެ ކުރީގެ ފިރިމީހާ ރޭ ގެއްލުންތަކެއް ދީފި އެވެ.

ފުލުހުން ބުނީ ޓެކްސީއަކަށް މީހަކު ގެއްލުން ދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި އައިންތުގެ ކާރަށް އޭނާގެ ކުރީގެ ފިރިމީހާ ގެއްލުން ދިނީ ދުއްވާފައި ދަނިކޮށް ހުއްޓުވައިގެންނެވެ. ޓްރެކް ސަރަހައްދުން އައިންތުގެ ކާރު ދުއްވާފައި ދަނިކޮށް އޭނާގެ ކުރީގެ ފިރިމީހާ އެ ކާރު ހުއްޓުވައި، ގެއްލުންތައް ދިނީ އައިންތު އަށް ފުރައްސާރަ ވެސް ކުރުމަށް ފަހު ކަމަށް ވަނީ އެނގިފަ އެވެ.

އެ ގެއްލުންތަކުގެ ސަބަބުން ކާރުގެ ބޮނެޓް ނުލެއްޕޭ ވަަރަށް ވަނީ ބަނޑިވެފަ އެވެ.

އައިންތު އަކީ މާލޭގެ ޓެކްސީ ސެންޓަރަކާ ގުޅިގެން ޓެކްސީ ދުއްވާ ހަމަ އެކަނި އަންހެން ޑްރައިވަރެވެ. އޭނާ ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ.