Roadha Mihaaru
މަޝްހޫރު ނެޕީ ކުންފުންޏެއް މާސްކަށް ހާއްސަވެއްޖެ

ޗައިނާގެ މަޝްހޫރު ނެޕީ ކުންފުންޏެއް މާސްކަށް ހާއްސަވެއްޖެ

06 ނޮވެމްބަރ 2020

ޗައިނާގައި ނެޕީ އުފައްދާ މަޝްހޫރު ކުންފުނި ޑެޑީބޭނީން ޔޫރަޕަށް މާސްކް ސަޕްލައިކޮށްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގައި ނެޕީ އުފައްދާ މަޝްހޫރު ކުންފުނި ޑެޑީބޭނީން ޔޫރަޕަށް މާސްކް ސަޕްލައިކޮށްދޭން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުންޏަށް މިހާރު ވަނީ އެކަމާ ގުޅޭ ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ބްރިޓިޝް ސްޓޭންޑާޑްސް އިންސްޓިޓިއުޝަން (ބީއެސްއައި) ގެ ސެޓްފިކެޓް ވެސް ލިބިފަ އެވެ. މި ހުއްދައާ އެކު އެންމެ ފުރަތަމަ މާސްކް ސަޕްލައިކޮށް ދޭނީ އިނގިރޭސިވިލާތަށެވެ.

ޑެޑީބޭބީ އަކީ ޗައިނާގައި އެކި އުމުރުފުރާތަކުގެ މީހުންނަށް ހާއްސަކޮށްގެން ނެޕީ އުފައްދާ އެންމެ މަޝްހޫރު ކުންފުންޏެވެ. އަދި އެ ކުންފުންޏަކީ އެ ބާވަތުގެ ކުންފުނިތަކުގެ ތެރެއިން ހިއްސާގެ ބާޒާރުގައި އެންމެ ފުރަަތަމަ ލިސްޓްކުރެވުނު ކުންފުނި ވެސް މެ އެވެ. އެއީ 2015 ގަ އެވެ

ޑެޑީބޭބީން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ކުރިއާ ހިލާފަށް ނެޕީގެ ޕްރޮޑަކްޝަން ދަށްކޮށް، މާސްކް އުފެއްދުމުގެ މަސައްކަތް ފުޅާކޮށް އެކަމަށް ހާއްސަވެފަ އެވެ. އެގޮތުން މިހާތަނަށް ޗައިނާގައި 30 މިލިއަން މާސްކް ފޯރުކޮށް ދީފައިވާ އިރު، ދުނިޔޭގެ އެކި ހިސާބުތަކަށް ދެ މިލިއަނަށް ވުރެ ގިނަ މާސްކް ހަދިޔާކޮށްފައިވެ އެވެ. ޑެޑީބޭބީން މާސްކް އުފައްދަން ފެށި ފަހުން މިހާރު އެތަނުގެ ޕްރޮޑަކްޝަން ލައިނުގެ ތެރެއިން މިނިޓަކު 1،100 އަދި ދުވާލަކަށް 4.5 މިލިއަން މާސްކް އުފައްދަ އެވެ.

މީގެ 12 އަހަރު ކުރިން ވުޖޫދަށް އައި ކުންފުނިން ބުނީ މުޅިން އާ ދިމާލަކަށް ވިޔަފާރި ގެންދަން އަމާޒު ހިފާފައި ވަނިކޮށް އީޔޫގެ ގައުމުތަކަށް މާސްކް ސަޕްލައިކޮށް ދިނުމުގެ ހުއްދަ ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މާސްކްގެ އިތުރުން އެހެނިހެން ޕާސަނަލް ޕްރޮޓެކްޓިކް އިކްޕްމަންޓް (ޕީޕީއީ) ވެސް އުފައްދާނެ ކަމަށް ބުންޏެވެ. އަދި އަމާޒަކީ ޕީޕީއީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ހިސާބުތަކަށް އެކްސްޕޯޓްކުރުމެވެ.

ޗައިނާ މާކެޓް ރިސާޗް ގްރޫޕްގެ ބާނީ ޝައުން ރީން ވިދާޅުވި ގޮތުގައި ޗައިނާގައި އުފައްފާ ފެންވަރު ރަނގަޅު މާސްކްތަކަށް އޮންނަ ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ. އެހެންވެ ކޮލިޓީ ހިފަހައްޓައި މާކެޓް އިތުރަށް ވަރުގަދަ ކރުމަކީ އެ ގައުމުން ކުރާނެ ކަމެކެވެ.

"އަހަރެމެންގެ އުފެއްދުންތައް އިންޓަނެޝަނަލް އެޕްރޫލްވަލް ލިބުމަކީ މާކެޓް ފުޅާވާން ހުޅުވޭ ދޮރުތައް. މީގެ ސަބަބުން އަހަރެމެންގެ ފެކްޓްރީތަކުގެ މަސައްކަތްތައް ވެސް އިތުރުވެ، ވަޒީފާގެ ފުރުސައްތުތައް ވެސް ހުޅުވޭނެ." އޭނާ ވިދާޅުވި އެވެ.

ޝައުން ވިދާޅުވި ގޮތުގައި މާސްކް ސަޕްލައިކޮށް ދިނުމުގައި މާލީ ގޮތުން ދަތި ގައުމުތަކަށް ޗައިނާ އިން އަބަދު ވެސް އިސްކަން ދޭނެ އެވެ.