Roadha Mihaaru
ކޮވިޑްގް ބޭސް ބޭނުން ކުރަން ފެށި ފުރަތަމަ ގައުމަކަށް ޔޫއޭއީ

ކޮވިޑްގް ބޭސް "ސޮޓްރޮވިމެބް" ބޭނުން ކުރަން ފެށި ފުރަތަމަ ގައުމަކަށް ޔޫއޭއީ

31 މެއި 2021

ކޮވިޑް-19 ޖެހިގެން ބަލީގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންނާއި އާދައިގެ ވަރަކަށް ބަލިވާ މީހުންނަށް ދޭން ރަނގަޅު ބޭހެއްގެ ގޮތުގައި ބޭނުންކުރަން ވަގުތީ ހުއްދައެއް މިހާރު ދީފައިވާ ބޭހެއް ކަމަށްވާ "ސޮޓްރޮވިމެބް" އެންމެ ފުރަތަމަ ދޭން ފެށި ގައުމަކަށް ޔޫއޭއީ ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ޖެހިގެން ބަލީގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންނާއި އާދައިގެ ވަރަކަށް ބަލިވާ މީހުންނަށް ދޭން ރަނގަޅު ބޭހެއްގެ ގޮތުގައި ބޭނުންކުރަން ވަގުތީ ހުއްދައެއް މިހާރު ދީފައިވާ ބޭހެއް ކަމަށްވާ "ސޮޓްރޮވިމެބް" އެންމެ ފުރަތަމަ ދޭން ފެށި ގައުމަކަށް ޔޫއޭއީ ވެއްޖެ އެވެ.

ކޮވިޑްގެ ފަރުވާ އަށް ޔޫއޭއީ އިން ގައުމުން އެ ބޭސް ރަސްމީކޮށް ބޭނުންކުރަން ފެށީ ހޮނިހިރު ދުވަހު އެވެ. "ސޮޓްރޮވިމެބް" އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ބޭސް ކުންފުނި ގްލެކްޒޯ ސުމިތުކްލައިން (ޖިއެސްކޭ) އިިން އުފައްދައި، އެމެރިކާގެ ފުޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެންޓިބޮޑީ ފަރުވާއެއްގެ ގޮތުގައި "އިމަޖެންސީ ޔޫސް" އަށް ހުއްދަ ދީފައިވާ ބޭހެކެވެ.

ކޮވިޑްގައި ހާލު ބޮޑޫވެ އެޑްމިޓްކުރަން ޖެހުމުގެ ފުރުސަތު މި ބޭހުގެ ސަބަބުން 85 ޕަސެންޓް ކުޑަކޮށްދެ އެވެ.

ޔޫއޭއީގެ ހެލްތު މިނިސްޓްރީން ބުނީ 12 އަހަރުން މަތީގެ މީހުންނަށް މިހާރު "ސޮޓްރޮވިމެބް" އެ ގައުމުގެ އެކި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ކަމަށާއި ބޭހުގެ ސަބަބުން ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

"އެ ބޭސް ބޭނުންކުރާ ފުރަތަމަ ގައުމަކަށް ޔޫއީއޭވެގެން ދިޔައީ ގައުމުގެ ލީޑަޝިޕް ކޮވިޑާ ދެކޮޅަށް ކުރާ މިންނެތް މަސައްކަތުގެ ސަބަބުން. މީގެ ނަތީޖާ އަކީ މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެ ހަރުދަނާވެގެން ދިއުން،" ހެލްތު މިނިސްޓަރު ޑރ. އަބްދުއްރަހުމާން ބިން މުހައްމަދު ބިން ނައްސާރު އަލް އުވައިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ޔޫއޭއީ އަކީ ކޮވިޑާ ދެކޮޅަށް ވަރަށް ހަރުދަނާ މަސައްކަތްތަކެއްކޮށްފައި ގައުމެކެވެ.

"ބަލީގައި ސީރިއަސްވާ މީހުން ފަސޭހަވުން އަވަސްވުމާ އެކު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް މި ބޭހުގެ ސަބަބުން ވަރަށް ބޮޑަށް ދަށްވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫއޭއީގެ ހެލްތު މިނިސްޓަރު.

ޔޫއޭއީގެ ހެލްތު މިނިސްޓަރު.

"ސޮޓްރޮވިމެބް" އަކީ ކޮވިޑްގެ އެކި ވޭރިއަންޓްތަކާ ދެކޮޅަށް ވަރަށް ރަނގަޅަށް މަސައްކަތްކުރާ ބޭހެއްގެ ގޮތުގައި މިހާތަނަށް ހަދާފައިވާ ކްލިނިކަލް ޓްރަޔަލްތަކުން ވެސް ދައްކަ އެވެ.

މި ބޭސް ޔޫއޭއީގައި ބޭނުންކުރަން ފެށި އިރު، ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯސް އިންޑިއާގައި ވެސް އެ ބޭނުންކުރަން ފަށަން މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާދާ މީޑިއާތަކުން ބުނެ އެވެ.