Roadha Mihaaru

މެންބަރު ފިއްޓެ ބޭނި ބޮޑުކަންނެލި އިސްކޮޅަށް ވުރެ ދިގު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ސޯޝަލް މީޑިއާގައި އާންމުކުރެއްވި ފޮޓޯއެއްގައި ފެންނަނީ އޭނާގެ އިސްކޮޅަށް ވުރެ ދިގު ބޮޑުކަންނެއް ކައިރީ އޮށޯވެލައިގެން އޮންނަވަނިކޮށެވެ. އޭނާގެ އިސްކޮޅާ އަޅާކިޔާ ނަމަ އެ ކަންނެލީގެ ސައިޒު ރަނގަޅަށް ވަޒަންކޮށްނުލެވުނަސް އެއީ އާންމުކޮށް ބާނައި އުޅޭ ވަރަށްވުރެ މާ ބޮޑު ކަންނެއްޔެކެވެ.

މެންބަރު ފިއްޓެ ބޭނި ބޮޑުކަންނެލި އިސްކޮޅަށް ވުރެ ދިގު
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

06 ނޮވެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ސޯޝަލް މީޑިއާގައި އާންމުކުރެއްވި ފޮޓޯއެއްގައި ފެންނަނީ އޭނާގެ އިސްކޮޅަށް ވުރެ ދިގު ބޮޑުކަންނެއް ކައިރީ އޮށޯވެލައިގެން އޮންނަވަނިކޮށެވެ. އޭނާގެ އިސްކޮޅާ އަޅާކިޔާ ނަމަ އެ ކަންނެލީގެ ސައިޒު ރަނގަޅަށް ވަޒަންކޮށްނުލެވުނަސް އެއީ އާންމުކޮށް ބާނައި އުޅޭ ވަރަށްވުރެ މާ ބޮޑު ކަންނެއްޔެކެވެ.

ފިއްޓެ "މިހާރު" އަށް ވިދާޅުވީ މިއީ ހަފުތާ ބަންދުގައި އެކުވެރިންނާ އެކު މަހަށް ގޮސް އުޅެނިކޮށް ބޭނުނު ކަންނެއްޔެއް ކަމަށެވެ. ކުރިން ވެސް އާންމުކޮށް މަހަށް ވަޑައިގެން އެކަމުގައި ތަޖުރިބާ ހުރި ފިއްޓެ ވިދާޅުވީ މިއީ އޭނާ ދުވަހަކު ވެސް ނުބާނާހާ ބޮޑު މަހެއް ކަމަށެވެ.

މި ބޮޑުކަންނެލީގެ އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި އެބަހުރި ކަމަށާއި، އޭނާގެ އިސްކޮޅަށް ވުރެ ކަންނެލި 7 އިންޗި ދިގު ކަމަށް ފިއްޓެ ވިދާޅުވި އެވެ.

"ދެން އަދި ކިރާނުލެވިގެން މި އުޅެނީ އެ މަސް. އެކަމަކު އާންމުކޮށް ކަންނެއްޔަށް ދާ މީހުން ބުނީ އޭގައި ގާތްގަނޑަކަށް 90-100 ކިލޯއާ ހުންނާނޭ،" ފިއްޓޭ ވިދާޅުވި އެވެ.

އެންމެ އާންމުކޮށް ބާނައިއުޅޭ ކަންނެލީގައި ހުންނަނީ 15-20 ކިލޯ އެވެ.

ފިއްޓެ ވިދާޅުވި ގޮތުގައި މި ބިޔަ މަސް ލޯންޗަށް ނަގަން 45 މިނެޓު ވަންދެން މަސައްކަތްކުރަން ޖެހުނެވެ. އެކަމަކު އެ މަސް ނެގީ އެކަނި ކުރި މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

"މިހާ ބޮޑު މަހެއް ދުވަހަކު ވެސް ނުބާނަން. ދެން މިހާރު މަހަށް ދާން ޝައުގުވެރިކަން އިތުރުވެއްޖެ."