03 ޖޫން 2016
އެމާ މޮރާނޯ އަކީ ފަހަރުގައި ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ ކަމަށް ވެދާނެ އެވެ. އަދި ތިން ގަރުނު ދުށް މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމައެކަނި މީހާއަށް ވެސް ވެދާނެ އެވެ.
އެމާ މޮރާނޯ އަކީ ފަހަރުގައި ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ ކަމަށް ވެދާނެ އެވެ. އަދި ތިން ގަރުނު ދުށް މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމައެކަނި މީހާއަށް ވެސް ވެދާނެ އެވެ.
އިޓަލީ މީހެއް ކަމަށްވާ އެމާގެ އުމުރު އެހާ ދިގުވުމުގެ ސަބަބުތަކުގެ ތެރޭގައި އޭނާ ފާހަގަކުރާ ތިން ކަމެއް ހިމެނެ އެވެ. އެއީ ކޮންމެ ދުވަހަކުވެސް ރޯ ބިސް ބުއިމާއި ރޭގަނޑު އަވަހަށް ނިދުމުގެ އާދަ އަދި ކައިވެންޏެއް ނުކޮށް ހުރުމެވެ.
އެންމެ މުސްކުޅި މީހާގެ މަގާމު އެމާ އަށް ލިބުނީ އެމާ އަށް ވުރެ ދޮށީ އެމެރިކާ މީހެއް ކަމަށްވާ ސުޒާނާ މުޝަޓް ޖޯންސް މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހު މަރުވުމުންނެވެ. އެމާގެ އުމުރުން 116 އަހަރެވެ.
އިޓަލީގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ޕީޑްމޮންޓް ރީޖަނަށް 29 ނޮވެމްބަރު 1899 ގައި އުފަންވި އެމާ މިހާރު ދިރިއުޅެނީ ސްވިޒަލެންޑްގެ ބޯޑަރުކައިރީގައިވާ ކޯރެއްގެ އައްސޭރީގައި ހުންނަ އެއް ކޮޓަރީގެ ކުޑަކުޑަ ގެއެއްގަ އެވެ. އެ އުމުރުގެ މީހަކާ އަޅާބަލާއިރު އޭނާގެ ސިއްހަތު ރަނގަޅެވެ.
އެމާގެ ޓީއޭޖް ދުވަސްވަރު ލޭ މަދުވުމުގެ މައްސަލަ ކުރިމަތިވާތީ ދުވާލަކު ރޯ ބިހެއް ބުއިމަށް ޑޮކްޓަރަކު އިރުޝާދު ދިނެވެ. އޭގެ ފަހުން މިހާތަނާ ޖެހެންދެން ވެސް އޭނާ ކޮންމެ ދުވަހަކުވެސް ރޯ ބިހެއް ބޯ ކަމަށް ނިއުޔޯކް ޓައިމްސްގައި 2015 ގައި ޝާއިއުކުރި އެމާގެ ޕްރޮފައިލެއްގައި ބުނެފައިވެ އެވެ. އަދި ކޮންމެ ދުވަހަކުވެސް އޭނާ މިންސްޑް މީޓާއި ޕާސްޓާ ކައެވެ.
ޓައިމްސް އަށް އެމާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި އޭނާގެ އުމުރު ދިގުވުމުގެ އެއް ސިއްރަކީ އުފާވެރި ނޫން ކައިވެންޏަކުން ސަލާމަތްވުން ކަމަށް ބުނެފައިވެ އެވެ. އެމާ އޭނާގެ ކައިވެނި ރޫޅާލީ 1938 ވަނަ އަހަރު އެވެ. އޭގެ ފަހުން ދުވަހަކު ވެސް ކައިވެންޏެއް ނުކުރެ އެވެ.
"އަހަރެންގެ މައްޗަށް އެއްވެސް މީހަކު އަމުރުކުރާކަށް ގޮތްކިޔާކަށް އަހަރެން ބޭނުމެއް ނުވޭ،" ކައިވެނި ކުރަން ގިނަ ބަޔަކު އޭގެ ފަހުން ވެސް އެމާ ގާތުން އެދުނު ނަމަވެސް އޭނާ އެކަން ގަބޫލު ނުކުރި ސަބަބު ކިޔައިދެމުން އެމާ ބުނެފައި ވެއެވެ.
ފެކްޓަރީއެއްގައި ކައްކާއެއްގެ ވަޒީފާގައި އެމާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފަ އެވެ. އޭނާ ރިޓަޔާކުރީ މީގެ 41 އަހަރު ކުރިންނެވެ. އޭރު އެމާގެ އުމުރުން 75 އަހަރެވެ.
ވާބޭނިއާ ކިޔާ އަވަށެއްގައި ހުންނަ އެމާގެ ގެއަށް ވަރަށް ގިނަ ނޫސް ރިޕޯޓަރުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ދިޔަ އެވެ. ނަވާރަ ވަނަ ގަރުނުގައި އުފަންވި މީހުންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި މީހަކީ މިހާރު އޭނާ ކަމަށް ވާތީ އެކަން ފާހަގަ ކުރުމަށެވެ.
ނަމަވެސް އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވާ ގޮތުގައި އެމާ ނިދާފައި އޮތުމުގެ ސަބަބުން ނޫސްވެރިންނަށް އޭނާއާ އެ ދުވަހު ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.
އެމާގެ ފިޒީޝަން ކާލޯ ބާވާ ވިދާޅުވަނީ އެމާގެ ދިގު އުމުރު، ހަމަ ބުއްދިއަށް ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.
އެންމެ ދުވަސްވީ މީހާގެ އުމުރުން 117 އަހަރު
ވަރަށް އުމުރުދިގު މީހުން އުޅޭ ރަށެއް: ސިއްރަކީ ކޮބާ؟
ދުވަސްވީ މީހުންނަށް ޖަޕާނުގައި ޖަލު ވެސް މާ ރަނގަޅު
މުސްކުޅި ދެމަފިރިއަކު ވަކިވާން ޖެހުމުގެ ހިތްދަތިކަމުގައި
ނުބައި އިންޖެކްޝަނެއް ދިން ކަމަށް ބުނާ މައްސަލައެއް
އިޓަލީގެ ބަޔަކު ޕޮޒިޓިވްވެ، ލެބޯޓެރީގެ މައްސަލަ
ކޮވިޑްގައި އައްޑޫން މި މަހުގެ ފަސްވަނަ މަރު
އެކަނި އުޅުނު ރަށް 32 އަހަރު ފަހުން ދޫކޮށްލަނީ
ދުވަސްވީ މީހުންނަށް މިއަދު ވެސް ވެކްސިން ޖަހައިދޭނެ
ރާއްޖޭގައި ފިރިހެނުންގެ އުމުރު ހަތް އަހަރު ކުރު