Roadha Mihaaru
ދުވާލަކަށް އެންމެ ތިން ކަދުރުން ބޮޑު ފައިދާއެއް

ދުވާލަކަށް އެންމެ ތިން ކަދުރުން ބޮޑު ފައިދާއެއް

09 ނޮވެމްބަރ 2020

ކަދުރު އާންމުވަނީ ރޯދަ މަހު އެވެ. އެކަމަކު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން މިއީ ކޮންމެ ދުވަހަކު ވެސް ބޭނުންކުރަން މުހިއްމު އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާދަވެގެން ދުވާލަކު މަދުވެގެން ތިން ކަދުރު ކާ ނަމަ، ސިއްހީ އެތައް މައްސަލަތަކަކުން ރައްކާތެރިކޮށް ދޭނެ އެވެ. އޭގެ ތެރޭގައި ކޮލެސްޓްރޯލާއި ހަކުރުބަލި ފަދަ ކަންކަން ހިމެނެ އެވެ. ދުވާލަކަށް 3-6 ކަދުރުން ފުދޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަދުރު އާންމުވަނީ ރޯދަ މަހު އެވެ. އެކަމަކު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން މިއީ ކޮންމެ ދުވަހަކު ވެސް ބޭނުންކުރަން މުހިއްމު އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާދަވެގެން ދުވާލަކު މަދުވެގެން ތިން ކަދުރު ކާ ނަމަ، ސިއްހީ އެތައް މައްސަލަތަކަކުން ރައްކާތެރިކޮށް ދޭނެ އެވެ. އޭގެ ތެރޭގައި ކޮލެސްޓްރޯލާއި ހަކުރުބަލި ފަދަ ކަންކަން ހިމެނެ އެވެ. ދުވާލަކަށް 3-6 ކަދުރުން ފުދޭނެ އެވެ.

ބަރުދަން ލުއިކުރަން ބޭނުން ނަމަ އެކަމަށް ވެސް ބޭނުންކުރާ ޑައިޓަކަށް ކަދުރަކީ ވަރަށް މުހިއްމު އެއްޗެކެވެ. އާންމުކޮށް މި ބޭނުންކުރާ ހަކުރުގެ ބަދަލުގައި ފޮނި އެއްޗެހި ތައްޔާރުކުރާ އިރު، ފޮނިކުރަން ކަދުރު ބޭނުންކުރެވިދާނެ އެވެ. މިސާލަކަށް ޑެޒާޓެއް ނުވަތަ ތާޒާ/ތަރުކާރީގެ ބާވަތަކުން ޖޫހެއް/ސެލަޑެއް ހަދާ ނަމަ އެކަމަށް ވެސް ކަދުރު ބޭނުންކޮށްލެވިދާނެ އެވެ.

ކަދުރަކީ ފައިބަރުން މުއްސަނދި އެއްޗަކަށްވާތީ މި ކެއުމުން ބަނޑުހައިކަން ފިލައި ބަނޑުފުރިފައި ހުރި ކަމުގެ އިހުސާސްކޮށްދޭނެ އެވެ. ކަދުރު ކެއުމުން ލޭގައި ހުންނަ ހަކުރު ކޮންޓްރޯލްކޮށްދީ، ހަށިގަނޑުގައި ސަރުބީ ޖެހުމުން ވެސް ސަލާމަތްކޮށް ދޭނެ އެވެ.

ކުރިން ވެސް ފާހަގަކުރި ގޮތަށް ކަދުރަކީ ބަރުދަން ލުއިކޮށްދޭ އެއްޗެކެވެ. ކަދުރަކީ އަންސެޗިއުރޭޓް ފެޓީ އެސިޑްސް އެކުލެވޭ އެއްޗަކަށްވާތީ މިއީ އިންފްލެމޭޝަނާ ދެކޮޅަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގެ ސަބަބުން ފަލަވުމާއި ހަކުރުބަލިން ރައްކާތެރިކޮށް ދޭނެ އެވެ.

ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ވެސް ލިއްބައިދޭ އެއްޗަކަށްވާތީ އެ ކެއުމުން ބަނޑުހައިވުން ކުޑަކޮށްދީ، ކެވޭ މިންވަރު މަދުކޮށް ދޭނެ އެވެ. ހަށިގަނޑުތައް މަސްތައް ވަރުގަދަވުމަށް ޕްރޮޓީނަކީ މުހިއްމު މާއްދާއަކަށްވާތީ، އެކަމަށް ވެސް ކަދުރަކީ އެއް ވަނައިގެ އެއްޗެކެވެ.

ހަށިގަނޑުގެ ސެލްތައް ބަލިކަށިވުމާއި އުމުރުން ދުވަސްވުމުގެ އަލާމަތްތަކާ ދެކޮޅަށް ކަދުރަކީ ވަރަށް ރަނގަޅު އެއްޗެކެވެ. މީގައި އެކުލެވޭ އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން އެކި ކަހަލަ ބަލިތަކުން މީހާ ވަރަށް ބޮޑަށް ދުރުކޮށްދީ، ހަށިގަނޑުގެ ޓޮކްސިންތައް ބޭރުކޮށްދީ، މެޓަބޮލިޒަމް ރަނގަޅުކޮށް ދިނުމާ އެކު ހަޖަމުކުރުމުގެ ނިޒާމު ވެސް ބަރާބަރުކޮށްދެ އެވެ.

ކަދުރަކީ ތަފާތު ގޮތްގޮތަށް ބޭނުންކޮށް ލެވިދާނެ އެއްޗެކެވެ. އެގޮތުން ކަދުރުގައި އޮންނަ އޮށް ނަގާފައި އޭގެ ބަދަލުގައި ކޮންމެވެސް ބާވަތެއްގެ ޑްރައިފުރްޓަކާ އެކީ ވެސް ބޭނުންކޮށްލެވިދާނެ އެވެ. މިސާލަކަށް އާމަންޑް ނުވަތަ ވޮލްނަޓެއް ކަހަލަ އެއްޗެކެވެ. މީގެ އިތުރުން މޭވާ އާއި ތަރުކާރީން ވެސް ސެލަޑް ހަދާ އިރު ރަހަ ބެލެންސްކުރަން ކަދުރަކީ ބޭނުންކޮށްލެވިދާނެ އެއްޗެކެވެ. އޭގެ ސަބަބުން ސިއްހީ އެތައް ފައިދާއެއް ލިބުމަށް މަގުފަހި ވާނެ އެވެ.

ކިރާއި ޔޯގަޓާއި ކަސްޓަޑް އަދި ކޭކް ފަދަ އެއްޗެހި ތައްޔާރުކުރާ އިރު ވެސް އާދައިގެ ހަކުރުގެ ބަދަލުގައި ކަދުރު ބޭނުންކޮށްފި ނަމަ ސިއްހީ ގޮތުން މާ ރަނގަޅު ވާނެ އެވެ.

ބައެއް ދިރާސާތަކިން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާ އަށް ކިރާއި ކަދުރަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ކިރު ތައްޓަކާ އެކު، ދެ ކަދުރަކީ ހެނދުނުގެ ނާސްތާ ފުރިހަމަކޮށް ދޭނެ އެއްޗެކެވެ އަދި މެންދުރާއި ރޭގަނޑު ކެއުމުގައި ވެސް ކަދުރެއް ހިމަނާލުމަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެ ކަމެކެވެ.

އެކަމަކު ވަކި ތަރުތީބެއްގެ ދަށުން މިކަން ކުރަން ބޭނުން ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.