Roadha Mihaaru
ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން

ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން

07 އޮކްޓޯބަރ 2021

އާންމުކޮށް ގިނަ ބަޔަކު ރާނބާފަތް ބޭނުންކޮށް އުޅެނީ ކައްކާ އިރު، ބައެއް ކަހަލަ ކާތަކެތީގެ ރަހަމީރު ކުރުމުގެ ގޮތުންނެވެ. އެކަމަކު މިއީ ވަރަށް ގިނަ ކަންކަމަށް ބޭނުންކޮށް ލެވިދާނެ ފައިދާތައް ގިނަ ފަތެކެވެ. ރާނބާ ފަތަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތަކުން ވެސް މުއްސަނދި އެއްޗެކެވެ. އޭގެ ތެރޭގައި އެތައް ވިޓަމިނަކާއި އެންޓިއޮކްސިޑަންޓްތަކެއް ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް ގިނަ ބަޔަކު ރާނބާފަތް ބޭނުންކޮށް އުޅެނީ ކައްކާ އިރު، ބައެއް ކަހަލަ ކާތަކެތީގެ ރަހަމީރު ކުރުމުގެ ގޮތުންނެވެ. އެކަމަކު މިއީ ވަރަށް ގިނަ ކަންކަމަށް ބޭނުންކޮށް ލެވިދާނެ ފައިދާތައް ގިނަ ފަތެކެވެ. ރާނބާ ފަތަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތަކުން ވެސް މުއްސަނދި އެއްޗެކެވެ. އޭގެ ތެރޭގައި އެތައް ވިޓަމިނަކާއި އެންޓިއޮކްސިޑަންޓްތަކެއް ހިމެނެ އެވެ.

ރާނބާ ފަތަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް ދިނުމާ އެކު އެކި ކަހަލަ ބޮޑެތި ބަލިތަކާ ދެކޮޅަށް ވެސް މަސައްކަތް ކޮށްދޭ އެއްޗެކެވެ. އޭގެ ތެރޭގައި ކެންސަރާއި ހިތުގެ ބައްޔާއި ހަކުރުބަލި ހިމެނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން ރާނބާ ފަތަކީ ވަރަށް ވެސް ރަނގަޅު އެއްޗެކެވެ. އެގޮތުން އެ ފެނު ކައްކާ އިރު އޭގެ ތެރެއަށް ލެމަންގްރާސް އަޅައި މާމުއިން ފޮނިރަ ލައްވައިގެން ދުވާލަކު މަދުވެގެން އެއް ފަހަރު ބޭނުން ކުރުމަކީ ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދޭނެ އަދި ހިތުގެ އެކި ކަހަލަ މައްސަލަތައް ހައްލު ކޮށްދޭނެ ކަމެކެވެ.

ހަމަމިއާ އެކު މި ބުއިމަކީ ހަކުރުބަލީގެ އުނދަގޫތަކަށް ވެސް އޮތް ފަރުވާއެކެވެ.

ބޮލުން ހަންފޮޅޭ ނަމަ އެކަމަށް ވެސް ރާނބާފަތް ބޭނުން ކުރެވިދާނެ އެވެ. އެ ފަތް ފުނޑާފައި ތާފަނާ ފެނުގައި މިކްސް ކޮށްލުމަށް ފަހު ބޮލުގައި އުނގުޅާފައި ބައި ގަޑިއެއްހާ އިރު ބަހައްޓާފައި ދޮވެލާނީ އެވެ. މިހެން ހެދުމުން ބޯހިރުވުމާއި އިސްތަށިތައް ބަލިކަށިވުން ފަދަ މައްސަލަތައް ވެސް ހައްލު ކޮށްދީ، އިސްތަށިގަނޑު ވަރުގަދަ ކޮށްދޭނެ އެވެ.

ގައިގެ ކަށިތަކާއި ހުޅުހުޅާއި މަސްތަކުގައި ރިއްސުމާއި ދުޅަވުން ފަދަ މައްސަލަތައް ދިމާވާ ނަމަ އެކަމަށް ވެސް ރާނބާ ފަތަކީ ބޭނުންކުރެވިދާނެ އެއްޗެކެވެ. ރާނބާފަތް ފެނު ކައްކައިގެން ބުއިމުންނާއި ރާނބާފަތުގެ ދިޔަ ފެލައިގެންނާއި އޭގެ ތެޔޮ އުނގުޅުމަކީ ހައްލަކަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ނިދަން އުނދަގޫވާ ނަމަ އެކަމުގެ ފަރުވާއަކަށް ވެސް ރާނބާފަތް ބޭނުން ކުރެވިދާނެ އެވެ. ފެނު ކެއްކުމަށް ފަހު، ހޫނުކޮށް ހުއްޓައި އޭގެ ތެރެއަށް މާމުއި އަޅައިގެން އާދަކޮށް ބޯ ނަމަ ނިދަން އުނދަގޫވާ މައްސަލަ އަށް ހައްލު ލިބޭނެ އެވެ.

ރާނބާފަތުން ސައި ހަދާނެ ގޮތް:

* ބޭނުންވާ ތަކެތި:

- 1 ތަށި ފެން

- ހެޔޮވަރު ސައިޒްގެ ރާނބާފަތުގެ ދެތިން އެތިކޮޅު

- ކޮށާފައި ހުރި އިނގުރު (4-5 ވަރަކަށް އެތިކޮޅު)

- ކާފޫރުތޮޅި (ތިނެތިވަރު)

* ތައްޔާރުކުރާނެ ގޮތް:

މާމުއި ނޫން ހުރިހާ އެއްޗެއް ތެއްޔެއް/ކުރައަކަށް އަޅާފައި 8-10 ވަރަކަށް މިނިޓް ކައްކާށެވެ. އެއަށް ފަހު ތައްޓަކަށް އަޅައި، އޭގެ ތެރެއަށް މާމުއި ސަމުސަލެއް އަޅައިގެން ބޯނީ އެވެ.