Roadha Mihaaru
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު

ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު

17 އެޕްރީލް 2021

އަންނާރުގެ މަގުބޫލުކަމާ އެއްވަރަށް މިއީ ފައިދާތައް ވެސް ގިނަ މޭވާއެކެވެ. ބޭސްވެރިކަމުގެ ތެރޭގައި ވެސް އަންނާރު ބޭނުންކުރެ އެވެ. މިއީ ތާޒާކޮށް އެ ހުރި ގޮތަށް އަދި ޖޫހުގެ ގޮތުގައި ވެސް މީރު އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސް ތައްޓެއް ބުއިމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭން އެހީއަކަށްވެ އެވެ. އެއާ އެކު ހިތުގެ މައްސަލަތަކާ ދެކޮޅަށް ވެސް މަސައްކަތްކުރެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނާރުގެ މަގުބޫލުކަމާ އެއްވަރަށް މިއީ ފައިދާތައް ވެސް ގިނަ މޭވާއެކެވެ. ބޭސްވެރިކަމުގެ ތެރޭގައި ވެސް އަންނާރު ބޭނުންކުރެ އެވެ. މިއީ ތާޒާކޮށް އެ ހުރި ގޮތަށް އަދި ޖޫހުގެ ގޮތުގައި ވެސް މީރު އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސް ތައްޓެއް ބުއިމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭން އެހީއަކަށްވެ އެވެ. އެއާ އެކު ހިތުގެ މައްސަލަތަކާ ދެކޮޅަށް ވެސް މަސައްކަތްކުރެ އެވެ.

އަންނާރަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު މާއްދާތަކުން މުއްސަނދި މޭވާއެކެވެ. އޭގެ ތެރޭގައި އެންޓިއޮކްސިޑަންޓްސް އާއި އެކި ބާވަތުގެ ވިޓަމިންސް އާއި މިނެރަލްސް ހިމެނެ އެވެ. އަންނާރުގެ ނިއުޓްރިޝަން ލެވެލް އަށް ބަލާއިރު 100 ގްރާމްގައި 18.7 ގްރާމްގެ ކާބޯހައިޑްރޭޓްސް، 13.67 ގްރާމްގެ ހަކުރު، ހަތަރު ގްރާމް ޑައިޓްރީ ފައިބަރު، 1.17 ގްރާމްގެ ފެޓް އަދި 1.67 ގްރާމްގެ ޕްރޮޓީން ހިމެނެ އެވެ.

އަންނާރު ޖޫހަކީ ތާޒާ އެހެން މޭވާ ޖޫސްތަކަށް ވުރެ އެތައް ގުނައެއް އިތުރަށް އެންޓިއޮކްސްޑިންޓްސް ހިމެނޭ ބުއިމެކެވެ. ހަށިގަނޑުގެ ސެލްތައް ހަލާކުވުން ހުއްޓުވައިދީ އިންފްލެމޭޝަން ދަށްކޮށްދީ ފްރީ ރެޑިކަލްސް ނައްތައިލަން އޭގެ ސަބަބުން އެހީވެ އެވެ.

އަންނާރު ޖޫހަކީ ޕްރޮސްޓޭޓް ކެންސަރު ސެލްއާ ދެކޮޅަށް ވެސް މަސައްކަތްކޮށްދޭ ބުއިމެކެވެ. ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމާއި ހަނދާން ނެތޭ ބައްޔާ ދުރުކޮށް، ހަނދާން ގަދަކޮށް ދިނުމަކީ ވެސް އަންނާރުން ލިބޭ ފައިދާތަކެވެ.

މީގެ އިތުރުން އަންނާރު ޖޫހުން ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ. އޭގެ ސަބަބުން އެކި އިިންފެކްޝަންތަކުން ސަލާމަތްކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން މަގުފަހިކޮށްދެ އެވެ.

މިއީ ދެ ޖިންސުގެ މީހުންނަށް ވެސް ޖިންސީ ދުޅަހެޔޮކަށް ކަމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި ފިރިހެނުންގެ ދަރިފަނި އާލާވުމަށް މަގުފަހިވުމާއި އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ދިމާވާ ތަފާތު މައްސަލަތަކަށް ވެސް އަންނާރު ޖޫހުން ފައިދާކުރެ އެވެ.

މީގެ އިތުރުން މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބޯ ނަމަ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީވެދޭ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ. މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ބޮޑުވާންޖެހޭ ވަރަށް ބޮޑު ނުވެ ނުވަތަ އިންޓްރޯޓެރީން ގްރޯތު ރެސްޓްރިކްޝަން (އައިޔޫޖީއާރް) ދިމާވުމަކީ ދަރިފުޅުގެ ސިކުނޑި ތަރައްގީވާން ހުރަސްއަޅާ ކަމެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބުއިމުން އެކަން ހައްލުކޮށްދޭން ބާރުއަޅާ ކަމަށް ދިރާސާގައި ބުންޏެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު މަދުވެގެން 8 އައުންސްގެ ތާޒާ އަންނާރު ޖޫސް ބުއިމުން، ދަރިފުޅުގެ ސިކުނޑި އަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭން އެހީއަކަށްވެ އެވެ.

ހަކުރުބަލީގެ މީހުންނަށް ވެސް އަންނާރު ޖޫހަކީ ވަރަށް ރަނގަޅު ބުއިމެކެވެ. އޭގެ ސަބަބުން އިންސިއުލިން ރެސިސްޓަންސް ދަށްކޮށްދީ، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކޮށްދޭނެ އެވެ.

ކުޅިވަރު ކުޅޭ މީހުން ހަކަތަ އިތުރުކުރުމަށާއި ހަށިގަނޑަށް ކުރިމަތިވާ ތަދާއި ރިހުންތަކާ ދެކޮޅަށް އަންނާރު ޖޫސް ބޭނުންކުރެވި ދާނެ އެވެ.