Roadha Mihaaru
"ސުއިސައިޑް ސްކޮޑް 2" ގެ ކާސްޓަށް ސްޓެލޯން

"ސުއިސައިޑް ސްކޮޑް" ގެ ދެވަނަ ބައިގެ ކާސްޓަށް ސިލްވެސްޓަ ސްޓެލޯން

17 ނޮވެމްބަރ 2020

މީގެ ދެ އަހަރު ކުރިން އިއުލާންކުރި ސުޕަހީރޯ ފިލްމު "ސުއިސައިޑް ސްކޮޑް" ގެ ދެވަނަ ބަޔަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ސިލްވެސްޓަ ސްޓެލޯން ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން އިއުލާންކުރި ސުޕަހީރޯ ފިލްމު "ސުއިސައިޑް ސްކޮޑް" ގެ ދެވަނަ ބަޔަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ސިލްވެސްޓަ ސްޓެލޯން ސޮއިކޮށްފި އެވެ.

އެކަން އިންސްޓަގްރާމްގައި ހިއްސާކޮށް، ޑައިރެކްޓަރު ޖޭމްސް ގަން ބުނީ ކުޅަދާނަ އެކްޝަން ހީރޯއާ އެކު މަސައްކަތްކުރުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި 74 އަހަރުގެ ސްޓެލޯނަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށް ބުންޏެވެ.

ސްޓެލޯން ވެސް ވަނީ ޖޭމްސް އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނާއާ އެކު މަސައްކަތްކުރުމަކީ ވަރަށް ލިބުނު ބޮޑު ނަސީބެއް ކަމަށް ބުނެފަ އެވެ. "ސުއިސައިޑް ސްކޮޑް 2" ގެ ކާސްޓާ ސްޓެލޯން ގުޅުނުކަން ކަށަވަރުކޮށް ދީފައި ވަނީ ފިލްމުގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިންމާފައިވާ ކަމަށް މިދިޔަ ފެބްރުއަރީގައި އިއުލާންކޮށްފައި ވަނިކޮށެވެ.

އާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އިޑްރިސް އެލްބާ އާއި ޖޯން ސީނާ އާއި މާގޯ ރޮބީ އާއި ޕީޓް ޑޭވިޑްސަން އަދި ނަތަން ފިލިއަން ފަދަ ތަރިން ހިމެނެ އެވެ. "ސުއިސައިޑް ސްކޮޑް 2" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 6 ގަ އެވެ.

ޑޭވިޑް އޭޔާ ޑައިރެކްޓްކޮށް "ސުއިސައިޑް ސްކޮޑް" ގެނެސްދިނީ 2016 ގަ އެވެ. ސީކްއަލް އަށް އިޑްރިސް ސޮއިކުރީ ކުރީ ފިލްމުގައި ވިލް ސުމިތު ކުޅުނު ކެރެކްޓާއަށެވެ.