Roadha Mihaaru
ސަލްމާން މިސްކިތް ކައިރި ޕާކިން ޒޯން ކުއްޔަށް ދެނީ

ސަލްމާން މިސްކިތް ކައިރީގައިވާ ޕާކިން ޒޯނުން ޖާގަތައް ކުއްޔަށް ދެނީ

16 ނޮވެމްބަރ 2020

ކިންގް ސަލްމާން މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކިންގް ސަލްމާން މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުން ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިިލުން ކުރި އިއުލާނެއްގައިވަނީ ކިންގް ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނުގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމަށް 57 ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެއިން ކޮންމެ ޖާގައެއް ކުއްޔަށް ދޫކުރަނީ މަހަކު 3،000ރ. އަށް ކަމަށާއި އެ ޒޯނުން ޖާގަ ދެވޭނީ ކާރާއި 350 ކިލޯއަށް ވުރެ މަތި ނޫން ޕިކަޕްތަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވަނީ ޒޯންތައް ކުއްޔަށް ހިފަން އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި އެ ކައުންސިލްގެ ވެބްސައިޓްގައިވާ ޕާކިން ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށެވެ. އަދި އެ ޒޯނުން ޖާގަ ހުސްވަމުންދާ މިންވަރަކަށް އެ ޕޯޓަލް މެދުވެރިކޮށް އެކަން އެނގޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މާލޭގައި ޕާކިން މައްސަލަ ހައްލުކުރަން ގިނަ ހުސް ބިންތަކެއްގައި ޕާކިން ޒޯންތައް ވަނީ ގާއިމްކޮށްފަ އެވެ.