Roadha Mihaaru
ބެޒޯސްގެ އާތު ފަންޑުން ޖަމިއްޔާތަކަށް 791 މިލިއަން

ޖެފް ބެޒޯސްގެ އާތު ފަންޑުން 16 ޖަމިއްޔާއަކަށް 791 މިލިއަން ޑޮލަރު

18 ނޮވެމްބަރ 2020

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް މިދިޔަ އަހަރު އިއުލާންކުރެއްވި 10 ބިލިއަން ޑޮލަރުގެ ފަންޑުގެ ދަށުން 16 ޖަމިއްޔާއަކަށް 791 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް މިދިޔަ އަހަރު އިއުލާންކުރެއްވި 10 ބިލިއަން ޑޮލަރުގެ ފަންޑުގެ ދަށުން 16 ޖަމިއްޔާއަކަށް 791 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

މިކަން ހޯމަ ދުވަހު އިންސްޓަގްރާމްގައި ހާމަކުރައްވައި ވިދާޅުވީ "ބެޒޯސް އާތު ފަންޑް" ގެ ދަށުންއެހީ ދޭން ނިންމީ ޖަމިއްޔާތަކުން ކުރަމުން އަންނަ އާދަޔާހިލާފު މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"އެ މީހުން އެ ކުރާ މަސައްކަތްތަކަކީ އަހަންނަށް ވެސް ބޮޑު އިންސްޕިރޭޝަނެއް،" ބެޒޯސް ވިދާޅުވި އެވެ. "އެހެންވީމާ އެ މީހުންނަށް އެހީ ދިނުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އެންމެން އެކީގައި ގުޅިގެން މަސައްކަތްކޮށްފި ނަމަ ކްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ."

"ބެޒޯސް އާތު ފަންޑް" 10 ބިލިއަން ޑޮލަރާ އެކު އިއުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ގަ އެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރަން އެހީވާން ބެޒޯސް ބޮޑު ހޭދައެއް ކުރަން ނިންމާފައިވާ އިރު އޭނާގެ ކުންފުނި އެމެޒޯންގެ އަމާޒު ހުރީ 2040 އާ ހަމައަށް އަންނަ އިރު ކުންފުނި ސައްތައިން ސައްތަ ކާބަން ނިއުޓްރަލް ކުންފުންޏަކަށް ހެދުމަށެވެ. އެ އަމާޒަށް މިހާރު ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން 2024 އާ ހަމައަށް އަންނަ އިރު ޑެލިވަރީގެ ހިދުމަތަށް 100،000 އިލެކްޓްރިކް ވެހިކަލް ނެރެން ވަނީ ނިންމައިފަ އެވެ.