Roadha Mihaaru
ވެލާއިން މިދިޔަ މަހު ސާވިސް ޗާޖަށް 1684 ޑޮލަރު

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ވެލާއިން 1684 ޑޮލަރު ދީފި

01 ޑިސެމްބަރ 2020

މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑުން 1684 ޑޮލަރު (25،979ރ.) ބަހަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑުން 1684 ޑޮލަރު (25،979ރ.) ބަހަން ނިންމައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ވެސް ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ތެރޭގައި ވެލާ ހިމެނެ އެވެ. އެގޮތުން، އެ ރިސޯޓުގެ ސާވިސް ޗާޖު ކޮންމެ މަހަކު ވެސް 1000 ޑޮލަރަށް ވުރެ ބޮޑު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތު ކުރާ "ރިސޯޓު ވޯކާސް މޯލްޑިވްސް" އިން އާއްމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ތިން ރިސޯޓަކުން ވަނީ 1000 ޑޮލަރަށްވުރެ ބޮޑުކޮށް ސާވިސް ޗާޖު ދީފަ އެވެ. މީގެ ތެރޭގައި ވެލާގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށާއި ނޯޓިލަސް ހިމެނެ އެވެ.

މިދިޔަ މަހު ނޯޓިލަސް އިން ސާވިސް ޗާޖުގެ ގޮތުގައި 1334 ޑޮލަރު (20،570ރ.) ދީފައިވާއިރު ވަން އެންޑް އޮންލީ ރީތި ރަށުން ދީފައި ވަނީ 1114 ޑޮލަރު (17،177ރ.) އެވެ. މިދިޔަ މަހު ސާވިސް ޗާޖުގެ މައުލޫމާތު "ރިސޯޓު ވޯކާސް މޯލްޑިވްސް"އާ މިހާތަނަށް ހިއްސާ ކޮށްފައި ވަނީ ވަރަށް މަދު ރިސޯޓަކުންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުއްޓިފައި އޮތުމަށްފަހު ރިސޯޓުތައް އަލުން ހުޅުވަން ފެށީ 15 ޖުލައިގަ އެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 126 ރިސޯޓެއްގެ ހިދުމަތް ވަނީ ފަށައިފަ އެވެ.