މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ކޮންމެ މުވައްޒަފަކަށް 20،497ރ. ދީފި އެވެ.
08 ޑިސެމްބަރ 2019
މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ކޮންމެ މުވައްޒަފަކަށް 20،497ރ. ދީފި އެވެ.
"މޯލްޑިވްސް ސާވިސް ޗާޖު"ން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބަހާފައިވަނީ ވެލާ އިންނެވެ. މިއީ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު 6،372ރ. ގެ ކުރިއެރުމެކެވެ. އޮކްޓޯބަރު މަހު އެ ރިސޯޓުން ކޮންމެ ވުވައްޒަފަކަށް ދީފައި ވަނީ 916 ޑޮލަރު (14،125ރ.) އެވެ.
މި ލިސްޓުން ދެވަނަ ހޯދާފައި ވަނީ އޮކްޓޯބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިން ރަންދެލި ރިސޯޓެވެ. އެ ރިސޯޓުން ވަނީ މިދިޔަ މަހު ބޮލަކަށް 1،146 ޑޮލަރު (17،671ރ) ދީފަ އެވެ. އަދި ތިންވަނަ ހޯދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ވަނީ 922 ޑޮލަރު (14،217ރ.) ސާވިސް ޗާޖުގެ ގޮތުގައި ދީފަ އެވެ.
ވެލާ ރިސޯޓާއި ވޯއްމުލި ރިސޯޓަކީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސްޗާޖު ދޭ މިންވަރު ބެލުމަށް ހަދާފައިވާ ވެބްސައިޓުގެ ލިސްޓުގެ ކުރީގައި އުޅޭ ދެ ރިސޯޓެވެ. މި ދެ ރިސޯޓާ އެކު މިހާރު މި ލިސްޓުގެ ކުރީގައި އުޅެނީ މި އަހަރު ތެރޭގައި ހުޅުވި އިތާފުށި ރިސޯޓެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 725 ޑޮލަރު (11،195ރ.) ބަހައިފަ އެވެ.
މިދިޔަ މަހުގެ ރިޕޯޓުތައް ދައްކާގޮތުގައި 12 ރިސޯޓަކުން ވަނީ 10،000ރ. އިން މަތިން ސާވިސް ޗާޖު ދީފަ އެވެ. މީގެ ތެރޭގައި އަނަންތަރާ ކިހަވައް ވިލާ އާއި ވޮއްމުލި، ޖުމެއިރާ ވިޓަވެލި ފަދަ ރިސޯޓުތައް ހިމެނެ އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 151 ރިސޯޓު އޮންނައިރު ސާވިސް ޗާޖުގެ މައުލޫމާތު "މޯލްޑިވްސް ސާވިސް ޗާޖް" އާ ހިއްސާކޮށްފައި ވަނީ 65 ރިސޯޓުންނެވެ. މި މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މުވައްޒަފުން އެ ވެބްސައިޓަށް ފޮނުވާ މައުލޫމާތުތަކެކެވެ.
ތިން ރިސޯޓަކުން ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް އަނެއްކާވެސް ވެލާ
ވެލާއިން މިދިޔަ މަހު ސާވިސް ޗާޖަށް 1684 ޑޮލަރު
ވެލާއިން ސާވިސްޗާޖުގެ ގޮތުގައި 46،356ރ. ބަހައިފި
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި ފަހަރު ރަންދެލި
އޮފް ސީޒަނާއެކު ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށަށް
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ކްލަބް ފިނޮޅުގެ ކޮންމެ މުވައްޒަފަކަށް 20،000ރ.