ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ސާވިސް ޗާޖު ބެހި ލިސްޓުގެ ކުރިއަށް ވެލާ ޕްރައިވެޓް އައިލެންޑް އަނެއްކާވެސް މަހަކަށް ފަހު އަރައިފި އެވެ.
06 މެއި 2021
ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ސާވިސް ޗާޖު ބެހި ލިސްޓުގެ ކުރިއަށް ވެލާ ޕްރައިވެޓް އައިލެންޑް އަނެއްކާވެސް މަހަކަށް ފަހު އަރައިފި އެވެ.
"ރިސޯޓު ވޯކާސް މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިިދިޔަ އޭޕްރީލް މަހު ވެލާ އިން ވަނީީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 2،779.64 ޑޮލަރު (42،862ރ.) ބަހައިފަ އެވެ. މިއީ މިދިޔަ މާޗު މަހާ އަޅާ ބަލާއިރު 7،350ރ. އިތުރު އަދަދެެކެވެ.
މި އަހަރު ފެށި ފަހުން މާޗު މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެލާ އިން ވަނީ ސާވިސް ޗާޖު ލިސްޓުގެ ކުރި ހޯދައިފަ އެވެ. މާޗު މަހު އެންމެ ގިނައިން ސާވިސް ޗާޖު ބެހީ ވަލްޑޯފް އޮސްޓްރިއާ އިތާފުށިންނެވެ.
އިތާފުށިި ވަނީ މިދިޔަ މަހު ލިސްޓުގެ ތިންވަނަ އަށް ވެއްޓިފަ އެވެ. އެ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ 2078.27 ޑޮލަރު (32،046ރ،) އެވެ.
މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ބަހާފައި ވަނީ ޝެވަލް ބްލާންކް ރަންދެލިންނެވެ. އެ ރިސޯޓުން ވަނީ މުވައްޒަފަކަށް 2728.27 ޑޮލަރު (42،069ރ.) ބަހައިފަ އެވެ.
ރާއްޖޭގެ ރިސޯޓުުތަކުގެ ތެރެއިން މިދިޔަ މަހު 12 ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑު ސާވިސް ޗާޖެއް ބަހައިފަ އެވެ.
"ރިސޯޓު ވޯކާސް މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖުގައި މި ހިސާބުތައް އާންމުކުރަނީ އެކި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އެ ޕޭޖަށް ލިބޭ މައުލޫމާތުތަކަށް ބަލައިފަ އެވެ.
ރާއްޖޭގެ ހުރިހާ ޓޫރިސްު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރު ކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރ ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.
ތިން ރިސޯޓަކުން ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި މަހު އިތާފުށި
ސާވިސް ޗާޖު ދިނުމުގައި ޗުއްޓީ ދުވަސްތައް ގުނަންޖެހޭނެ
ސާވިސް ޗާޖުގެ ކުރީގައި ވެލާ؛ މީހަކަށް 47،108ރ
އިތާފުށިން މި މަހު ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ވެލާއިން މިދިޔަ މަހު ސާވިސް ޗާޖަށް 1684 ޑޮލަރު
ވެލާއިން ސާވިސްޗާޖުގެ ގޮތުގައި 46،356ރ. ބަހައިފި
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި ފަހަރު ރަންދެލި
ސާވިސް ޗާޖުގެ ގޮތުގައި ވެލާއިން މީހަކަށް 20،000ރ
އޮފް ސީޒަނާއެކު ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށަށް