Roadha Mihaaru
ގއ. އަތޮޅުގެ 20 ރަށެއް ވަރުވާ އަށް ދޫކުރަނީ

ގއ. އަތޮޅުގެ 20 ރަށެއް ވަރުވާ އަށް ދޫކުރަން ނިންމައިފި

03 ނޮވެމްބަރ 2016

ގއ. އަތޮޅުގެ 20 ރަށެއް ވަރުވާ އަށް ދޫކުރަން ނިންމައި އެ ރަށްތައް ވަރުވާ އަށް ހިފަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. އަތޮޅުގެ 20 ރަށެއް ވަރުވާ އަށް ދޫކުރަން ނިންމައި އެ ރަށްތައް ވަރުވާ އަށް ހިފަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ގއ. އަތޮޅުން ވަރުވާ އަށް ދޫކުރަން ނިންމާފައިވަނީ ކޮޑަފުއްޓާއި ބޭރުހުއްޓާއި ބޮޑުފުށްޓާއި ޅޮއްސާއި ކޯއްޑޫ އާއި އުހުރެހާ އާއި ފެންރެހާ އާއި ފެންރެހާހުއްޓާއި އޮޑަގައްލާ އާއި މައްތިދޫ އާއި ގަލަމަދޫ އާއި މާކަނާރަޓާގެ އިތުރުން، ކޮޑަގެފުއްޓާއި އިދިމާ އާއި ބަބެރާހުއްޓާ އާއި މާފެހެލާ އާއި މެދުރެހާ އާއި ދެއްވަލާބާދޫ އާއި ދިގުދޫ އަދި މިނިމެންސާ އެވެ.

ބީލަމުގެ އުސޫލުން ދޫކުރާ އެ ރަށްތަކުގެ ބިޑް ފޯމް ގަތުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި ފޯމް ހުށަހަޅަންޖެހޭ މުއްދަތަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ ކުރިން ގދ. އަތޮޅުގެ 50 ރަށަކާއި ބ. އަތޮޅާއި އދ. އަތޮޅުގެ ފަސް ރަށެއް ވެސް ވަރުވާ އަށް ދޫކުރަން ވަނީ އިއުލާންކޮށްފަ އެވެ.

ވަރުވާ އަށް ދޫކުރަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުންނަ ރަށްތަކުގެ ތެރެއިން ދައުލަތުގެ ބޭނުމަށް ނަގާފައިވާ ރަށްތަކާއި ކުއްޔަށް ދޫކުރާ ރަށްތައް ފިޔަވައި އެ މިނިސްޓްރީން ކަނޑައަޅާ ރަށްތަކެކެވެ.