Roadha Mihaaru
ސަރުކާރުތެރެއިން މަޖިލިސް ތަޣައްޔަރު އެބަ ކުރޭ: އާޒިމް

މަޖިލިސް ތަޣައްޔަރުކުރަން ސަރުކާރު ތެރެއިން ބަޔަކު މަސައްކަތްކުރޭ: އާޒިމް

07 ޑިސެމްބަރ 2020

ރައްޔިތުންގެ މަޖިލިސް ތަޣައްޔަރުކުރަން ސަރުކާރުގެ ތެރެއިން ބަޔަކު މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ތުހުމަތުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލިސް ތަޣައްޔަރުކުރަން ސަރުކާރުގެ ތެރެއިން ބަޔަކު މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ތުހުމަތުކުރައްވައިފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ޖަލްސާގައި ކުރި ބަހުސްގައި އާޒިމް ވިދާޅުވީ ބިލު ދިރާސާކޮށްފައި ގެނައި އިރު އޭނާގެ ކަންބޮޑުވުންތަކަށް ރިއާުޔަތްކޮށްފައި ނެތް ކަމަށެވެ. އެގޮތަށް ކަންތައްވީ އާޒިމް ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުގެ ތެރެއިން ބަޔަކު "މަޖިލީހުގެ ތެރެއަށް އަތް ބާނައިގެން"ނެވެ.

އެ ބިލާ ބެހޭ ގޮތުން އޭނާ ކުރިން ފާޅުކުރެއްވި ކަންބޮޑުންތައް މިއަދު ތަކުރާރު ކުރެއްވި އެވެ. އޭނާގެ އެއް ކަންބޮޑުވުމަކީ ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާން ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގޮތަށްް އޮތުމެވެ. މަޖިލީހުގެ ތަޅުމަށް ބިލު ހުށަހެޅުއްވި ދުވަހު އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، އިކޮނޮމިކް މިނިސްޓަރު ފައްްޔާޒް އިސްމާއީލަށް އާޒިމް ފާޑުވިދާޅުވި އެވެ.

މިއަދު ވެސް އޭނާގެ ތުހުމަތު އަމާޒުކުރެއްވީ ބެލެވޭ ގޮތުގައި ފައްްޔާޒަށެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަންތައްތަކުގައި މެމްބަރުންނަށް ގުޅުއްވާފައިވާނެ ކަމަށާއި އަދިވެސް ގުޅުއްވާނެ ކަމަށް ފައްޔާޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.

"މިމަޖިލިސް ތަޣައްޔަރުކޮށް ކިލަނބުކުރަން އެބަ ބަޔަކު މަސައްކަތްކުރޭ ސަރުކާރު ތެރެއިން. ސަރުކާރުގެ ސީނިއާ ވަޒީރުކަމަށް ހެދިގެން ތިބެގެން މި މަޖިލިސް ތެރެއަށް އަތްބާނައިގެން މިކަހަލަ ކަންތައްތައް ކުރުމަށް އެބަ މަސައްކަތްކުރޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް، މަޖިލީހުގެ ގޮތުގައި ހިނގަން ފުރުސަތުދޭންޖެހޭ ކަމަށާއި އެހެންނޫނީ ރައްޔިތުން ބޭނުންވާ ގޮތް ނުވާނެ ކަމަށެވެ. މަޖިލީހަކީ ސަރުކާރުން ހުށަހަޅާ ކަންތައްތަކުގައި ރަބަރު ސްޓޭމްޕް ޖަހައިދޭ ތަނަކަށް ވެއްޖެ ނަމަ ރައްޔިތުންނަށް އުފާވެރިކަމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިއުނިކޭޝަންް މިނިސްޓަރު މަލީހު: އޭނާގެ އިތުބާރު ނެެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައި

ކޮމިއުނިކޭޝަންް މިނިސްޓަރު މަލީހު: އޭނާގެ އިތުބާރު ނެެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައި

ސައިންސް އެންޓް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމި ނަމަވެސް އެކަން މަޖީލަށް ނުވައްދައި އޮތުމުން އެކަމާ ވެސް އޭނާ ނުސީދާ ގޮތުގައި ސަރުކާރަށް ފާޑުވިދާޅުވި އެވެ. މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ އެ ވާހަކަ ދެއްކެވީ އޭނާ ވިދާޅުވި ގޮތުގައި މެމްބަރުން އެކަމާ ބެހޭ ގޮތުން ސުވާލުކުރައްވާތީ އޮޅުންފިލުއްވައިދެއްވުމަށެވެ. މަލީހަށް އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ވާހަކަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަލީހާ މެދު ނިންމި ނިންމުން ރައީސަށް ސިޓީއަކުން ދެންނެވީ މިދިޔަ މަހުގެ 23 ގަ އެވެ. އާޒިމް ވިދާޅުވީ ރައީސަށް ސިޓީއެއް ފޮނުއްވީ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރަކަށް ނުވިސް ރައީސުލް ޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅެއް ކަމަށްވާތީ އެ މަނިކުފާނަށް ނުދަންނަވައި ކެބިނެޓްގެ ބޭފުޅަކަށް އެއްވެސް ކަމެއް ނުކުރުމުގެ ވިސްނުމުގައި ކަމަށެވެ. އެމްޑީޕީ އަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެވެ.

"ކަންދިމާކުރި ގޮތުން އަޅުގަނޑުމެންގެ ސަރުކާރެއް ނޫން ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ސަރުކާރެއް ނޫންކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާއަކު ހުރީ. އެމްޑީޕީގެ ޓިކެޓުގައި ހުންނެވި ރައީސުލް ޖުމްހޫރިއްޔާއަކު ހުރީ،" ނުރުހުމުގެ ރާގެއްގައި އާޒިމް ވިދާޅުވި އެވެ.