Roadha Mihaaru
ތިން މިނިސްޓަރުން ނުކުރި މަސައްކަތް ކުރިން: މަލީހު

ތިން މިނިސްޓަރުން ނުކުރި މަސައްކަތް ނިންމީ އަޅުގަނޑު: މަލީހު

01 މާޗް 2021

ވަޒީރުކަމުން ވަކިކުރަން އުޅެނީ މިނިިސްޓްރީން ހަދަން ޖެހޭ ގަވައިދުތަކެއް ނުހަދައިގެން ކަމަށް ބުނާއިރު މާކުރިން ނިމިފައި އޮންނަން ޖެހޭ އެ ގަވައިދުތައް އޭނާގެ މިނިސްޓަރުކަމުގައި ހަދާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވަޒީރުކަމުން ވަކިކުރަން އުޅެނީ މިނިިސްޓްރީން ހަދަން ޖެހޭ ގަވައިދުތަކެއް ނުހަދައިގެން ކަމަށް ބުނާއިރު މާކުރިން ނިމިފައި އޮންނަން ޖެހޭ އެ ގަވައިދުތައް އޭނާގެ މިނިސްޓަރުކަމުގައި ހަދާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރުނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން މަލީހު ވިދާޅުވީ އެ ގަވައިދުތައް ހަދަން ޖެހިފައި އޮއްވައި ތިން ބޭފުޅަކު ވަޒީރުކަން ކުރައްވާފައި ވަޑައިގެންފި ކަމަށެވެ. އެ ބޭފުޅުން މިނިސްޓަރުކަން ކުރެއްވި އިރު ވެސް މަޖިލީހުގެ ބައެއް މެމްބަރުން އޭރު ވެސް މެމްބަރުކަމުގައި ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މުއްދަތުގައި ގަވައިދު ނުހަދައިފި ނަމަ އަމަލުކުރަން ޖެހޭ ގޮތެއް ގާނޫނަކު ވެސް ބަޔާނެއް ނުއެއް ކުރޭ. މިިނިސްޓަރު [އެކަމުގެ ޒިންމާ] ނަންގަވަން ޖެހޭ ކަަމަށްވާ ނަމަ މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނަންގަވަން ޖެހޭ އިތުބާރުނެތްކަމުގެ މައްސަލައެއް އަޅުގަނޑާ ހިސާބަށް ސޮއްސާލައިގެން މިއައީ ކީއްވެގެންތޯ؟،" މަލީހު ސުވާލު ކުރެއްވި އެވެ.

މަޖިލީހުގެ އިތުބާރު ނެތް މައްްސަލައިގައި އޭނާއަށް ކޮށްފައިވާ އަނެއް ތުހުމަތަކީ ރާއްޖޭގައި އިންޓަނެޓްގެ ފެންވަރު ރަނގަޅުކޮށް އަގުހެޔޮކުރަން ހަދަން ޖެހޭ ގަވައިދުތައް ހެދުމަށް އޭނާގެ މިނިސްޓްރީގެ ބައެއް ބޭފުޅުން ކުރެއްވި މަސައްކަތަށް މަލީހު ހުރަސްް އަޅުއްވައި އެ ބޭފުޅުންނަށް ބިރު ދެއްކެވުމެވެ. އެ ތުހުމަތަށް ޖަވާބު ދެއްވަމުން މަލީހު ވިދާޅުވީ މިނިސްޓްރީގެ ބައެއް ސިޔާސީ މުވައްޒަފުންނަށް ފިޔަވަޅު އެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ ފިޔަވަޅު އަޅާފައި ވާނީ ސިޔާސީ ތިން މުވައްޒަފަކަށް ކަމަށާއި އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރެއް އަދި އެގްޒެކެޓިވް ޑައިރެކްޓަރެއް ހިމެނިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާގެ ޒިންމާތަކަކީ ރައީސް އޮފީހާ ހިއްސާކޮށްފައިވާ މައުލޫމާތެއް ކަމަށާއި އެއީ ހޯދަން ބޭނުންވެއްޖެ ނަމަ މަޖިލީހަށް ލިބޭނެ މައުލޫމާތުތަކެއް ކަމަށެވެ.

މައިގަނޑު ދެ ތުހުމަތަށް ޖަވާބު ދެއްވުމަށްް ފަހު މަލީހު ތަކުރާރު ކުރެއްވީ އޭނާގެ އިިތުބާރު ނެތްކަމުގެ މައްސަލައަކީ ބޭއިންސާފުން، އަދި މަކަރާ ހީލަތުން ހުށަހަަޅާފައިވާ މައްސަލައެއް ކަމަށް ކުރައްވާ ތުހުމަތެވެ. އެއީ އޭނާ ދެއްކެވި ވާހަަކައަކާ ގުޅިގެން އަޅާ ހުދުމުހުތާރު ފިޔަވަޅެއް ކަަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެހެންވެ،

މަލީހު މިއަދުވެސް ވިދާޅުވީ އިންޓަނެޓުގެ އަގުހެޔޮ ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސީދާ ރައީސް އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ.