Roadha Mihaaru
ކުޑަކުޑަ އެސްޕްރެސޯ މެޝިނެއް، 100 ކެޕްސޫލް ހިލޭ

ސިމްޑީން ވިއްކާ ކުޑަކުޑަ ރީތި އެސްޕްރެސޯ މެޝިނެއް؛ 100 ކެޕްސޫލް ހިލޭ

07 ޑިސެމްބަރ 2020

ސިމްޑީން ވައި.3 އެސްޕްރެސޯ ކޮފީ މެޝިން ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް އޭގެ މެޝިނެއް ގަތުމުން 100 ކެޕްސޫލް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސިމްޑީން ވައި.3 އެސްޕްރެސޯ ކޮފީ މެޝިން ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް އޭގެ މެޝިނެއް ގަތުމުން 100 ކެޕްސޫލް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މެޝިން ހަދާފައި ހުންނަނީ އާންމު ކޮށް ހުންނަ ކޮފީ މެޝިންތަކަށް ވުރެ ކުޑަކޮށް އަދި ބޭނުންކޮށްލަން ފަސޭހަކޮށެވެ.

ރަހަ މީރުކޮށް ކޮފީ ހަދައިލެވޭ މި މެޝިނަކީ ކުދި އޮފީސްތަކާއި ބަދިގެތަކަށް އެކަށީގެންވާ ވަރުގެ މެޝިނެކެވެ.

ސިމްޑީން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ކޮފީ މެޝިން

ސިމްޑީން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ކޮފީ މެޝިން

މި މެޝިން ސިމްޑީގެ އޮންލައިން ޝޮޕުން ވެސް ގަނެވޭނެ އެވެ. އަގަކީ 2،890ރ. އެވެ. މީގެ އިތުރުން އެންޑްރޮއިޑާއި އައިއޯއެސް އިން ސިމްޑީގެ އެޕްލިކޭޝަން ޑައުންލޯންޑްކޮށްގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ.

ސިމްޑީ އަކީ މަޝްހޫރު އެތައް ބްރޭންޑެއް ޜާއްޖެ އަށް ގެންނަ ކުންފުންޏެކެވެ. މިގޮތަށް ގެންނަ ސާމާނުތަކުގެ ތެރޭގައި ކެއިން ބުއިމަށް ބޭނުން ކުރާ ގިނަ ސާމާނެއް ހިމެނެ އެވެ.