09 ޑިސެމްބަރ 2020
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ "ޑިރެކްޓަ ޖެނެރަލް" ފެންވަރުގެ މަޝްވަރާތައް މާދަމާ އަށް ތާވަލުކޮށްފި އެވެ.
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ "ޑިރެކްޓަ ޖެނެރަލް" ފެންވަރުގެ މަޝްވަރާތައް މާދަމާ އަށް ތާވަލުކޮށްފި އެވެ.
"ޑިރެކްޓަ ޖެނެރަލް ލެވެލް" ގެ މަޝްވަރާގެ ބޭނުމަކީ ދެ ގައުމުގެ ސަރުކާރުގެ އިސްވެރިން ނިންމާފައިވާ އެކި ކަހަލަ ސިޔާސަތުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން "ވޯކިން ސެޝަނެއް" ގެ ގޮތުގައި މަސައްކަތްކޮށް، ކުރިއަށް ދާނެ ގޮތްތައް ހޯދުމެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިސަލް ކަމަށެވެ. ޗައިނާ ސަރުކާރު ތަމްސީލް ކުރައްވާނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް (އޭޝިއަން އެފެއާޒް ޑިޕާޓްމަންޓް) ޗެންގް އެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ކޮވިޑް-19އާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް ފަތުރުވެރިކަން ކުރިއެރުވުމާއި ބައިނަލްއަގުވާމީ ދަތުރުފަތުރާ ބެހޭ ގޮތުން ވެސް އެއް ދުވަހުގެ އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޗައިނާ އަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ގައުމުކަން ފޮރިން މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި އެކި ދާއިރާތަކުން ޗައިނާ އިން ދަނީ އަބަދުވެސް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އިޔާދަ ކުރުމަށް މަސައްކަތް ކުރާއިރު، ޗައިނާ އަކީ އެ ބަލީގެ އެންމެ ނާޒުކު ހާލަތުގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުކަން ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރާއިރު ތަރައްގީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ހުއްޓުމެއް ނެތި މަޝްވަރާ ކުރެ އެވެ. އިގްތިސޯދު ރަނގަޅުކުރަން ކުރާ މަސައްކަތުގައި "ޑިރެކްޓަ ޖެނެރަލް" ފެންވަރުގެ މަޝްވަރާތައް އިސް ދައުރެއް އަދާކުރާ ކަމަށް ވެސް ބުންޏެވެ.
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ޗައިނާ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ފާޑުކިޔަސް ރާއްޖެ-ޗައިނާ ގުޅުން ދާނީ ކުރިއަށް: ސަފީރު
ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް ފަށަނީ
ޗައިނާގެ ދަރަނި ސަސްޕެންޑްކުރި ގައުމުތަކުގެ ތެރޭ ރާއްޖެ
ރާއްޖޭން ޗައިނާއަށް 1 މިލިއަން ދަޅު މަސް ހަދިޔާކުރަނީ