ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން ކްލަބް ވެލެންސިއާ އިން 1-0 ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ފުރަތަމަ ޑިވިޝަނަށް އެނބުރި އައުން މޮޅަކުން ފާހަގަކޮށްފި އެވެ.
14 ޑިސެމްބަރ 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން ކްލަބް ވެލެންސިއާ އިން 1-0 ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ފުރަތަމަ ޑިވިޝަނަށް އެނބުރި އައުން މޮޅަކުން ފާހަގަކޮށްފި އެވެ.
ވެލެންސިއާ މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެނީ އެއް ސީޒަނުގެ މެދުކެނޑުމަށް ފަހު އެވެ. ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އުމުރުން 16 އަހަރުގައި ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ މިރޭ އެ ޓީމު ޖޯޒީގައި އަލުން އެ ކުޅުނީ 15 އަހަރު ފަހުންނެވެ. އުމުރުން 35 އަހަރުގައި މިރޭގެ މެޗުގެ ތަފާތަކަށް ފެނުނީ ދަގަނޑޭގެ ގޯލެވެ.
ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ފުރަތަމަ ޑިވިޝަނަށް އެނބުރި އައި މެޗުގައި ވެލެންސިއާ މޮޅުވުމުން އެއީ ލިބުނު އުފަލެއް ކަމަށާއި ކުރިން ވެސް ބުނިހެން ވެލެންސިއާ ހަމައަަކަށް އެޅެން ދެތިން މެޗެއްވަރު ނަގާނެކަން މި މެޗުގެ ފަހު ހާފުގައި ފެނިގެންދިޔަ ކުޅުމުން އެނގޭނެ ކަމަށެވެ. ކޮންމެ ހާލަތެއްގައި އޮތް ކަމުގައި ވިޔަސް ބޭނުންވި ޓާގެޓަކީ މޮޅުވުން ކަމަށާއި އެކަން ހާސިލްވުމުން މިއީ ހިތްހަމަޖެހޭ ނަތީޖާއެއް ކަމަށް އާތީ ބުންޏެވެ.
މިރޭ މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ވެލެންސިއާ އިން ރަނގަޅު ތިން ފުރުސަތެއް ތަނަވަސްކުރި އެވެ. ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނަގައިދިން ހުރަހެއް ބްލޮކްވިއިރު، ހުސެއިން ފައިސަލް (ފައިޓޯ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި ބިޗަޑް ހުރަސްކޮށްލި ބޯޅައެއް ހުސްކޮށް ހުރެ އަލީ ފާސިރު (ސެންޓޭ) ފައިން ޖައްސާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި ދަގަނޑޭ ވައްދާލި މޮޅު ގޯލުންނެވެ. ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން އަތުގައި އޮތް ބޯޅައެއް ހޯދައި ވެލެންސިއާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ބޯޅައެއް ހިފައިގެން އޭރިއާ އަރިމަތިން ކަހަލަ ގޮތަކަށް ގްރީން ސްޓްރީޓްސް ކުޅުންތެރިއެއް ކައިރިން ދެމިގަތުމަށް ފަހު ދަގަނޑޭ ޖެހި ބޯޅަ އަމާޒުވީ ހަނި އޭންގަލުން ގޮސް ގޯލުގެ މަތީ ކަނަށެވެ. ވެލެންސިއާ އަށް އެނބުރި އައިސް ދަގަނޑޭ އޭނާގެ ފުރަތަމަ ގޯލު މި ޖެހީ މިދިޔަ ސީޒަން އޭނާ ފެށި ޓީމު ގްރީން ސްޓްރީޓްސް ކޮޅަށެވެ.
ވެލެންސިއާ އިން ލީޑުނެގުމާ އެކު ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެ ޓީމުގެ ފުރަތަމަ ހަމަލާ ފޮނުވާލީ 34 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާން) އެވެ. އޭރިއާ ބޭރުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ހިލޭ ޖެހުމެއްގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ނަގައިދިން ބޯޅަ އެ ޓީމުގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ބޮލުން ޖެހި ނަމަވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.
ލީޑުފުޅާކުރަން ދަގަނޑޭ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ.
ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި އެވެ. އެ ގޮތުން މެޗުގެ 56 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. މުހައްމަދު ޖައިލަމް (އޮގީ) ނެގި ހުރަސް ގޯލު ކުރިމަތީގައި ހުސްކޮށްހުރި މުއްޓި ބޮލުގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން އޭނާ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.
މި މެޗުގައި ގްރީން ސްޓްރީޓްސް އަށް ވެލެންސިއާ ގޯލުގައި ހުރި މުހައްމަދު ޝަފީއު (ޗެކް) ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާތަކެއް ފޮނުވާނުލެވުނެވެ.
މެޗާ ބެހޭގޮތުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަަދު ބުނީ އޭނާގެ ޓީމަށް މެޗު ގެއްލުމުގައި ރެފްރީ މުހައްމަދު ޖާވިޒްގެ ބައެއް ނިންމުންތަކެއްގެ ސަބަބުތަކެއް އުނދަގޫ ހާލަތްތަކެއް ކުރިމަތިވި ކަމަށެވެ. އަދި ކުޅުން ރަނގަޅު ނަމަވެސް އޭނާ އަކީ ވަރަށް ބޮޑަށް ނަތީޖާ އަށް ވިސްނާ މީހެއް ކަމަށާއި އެގޮތަށް ބަލާއިރު ހުސް އަތާ ގެއަށް ދާން ޖެހުމުން ހިތްހަމަޖެހެއޭ ނުބުނެވޭނެ ކަމަށް ނިސްތާރު ބުންޏެވެ.
އިތުރު ވަގުތުގައި ވެލެންސިއާގެ ލީޑުފުޅާކުރަން އަހުމަދު ރިލްވާން (ރިލޭ) ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ލަބާން ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާ މޮޅުވިއިރު ގްރީންގެ ހިތްހަމަނުޖެހުންތަކެއް
"ވެލެންސިއާ ވަރުގަދަ ވިޔަސް ގްރީން މެޗު އުނދަގޫވާނެ"
ގްރީން ބަލިކޮށް ވެލެންސިއާ އެއްވަނަ އަށް
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ޔޫވީ އަތުން ގްރީން ސްޓްރީޓްސް އަށް މުހިއްމު މޮޅެއް
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ކުއްލިއަކަށް ލީގު ހުއްޓާލުމުން ކޯޗުންނަށް ޗެެލެންޖް ބޮޑު
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
ސަސް ބަލިކޮށް ގްރީން ސްޓްރީޓްސް ހަތަރު ވަނަ އަށް