ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ މީހުން އަންދާތީ އޮތް ކަންބޮޑުވުން ހައްލުކުރުމަށް އެ ގައުމުގެ ސަރުކާރުން އެދިގެން ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބާއްވައިދޭން ހުށަހަޅާފައި ވިޔަސް އެކަން އެގޮތަށް ނުކޮށްދިނުމަށް އެދި އިސްލާމީ 18 ޖަމާއަތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކޮށްފި އެވެ.
16 ޑިސެމްބަރ 2020
ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ މީހުން އަންދާތީ އޮތް ކަންބޮޑުވުން ހައްލުކުރުމަށް އެ ގައުމުގެ ސަރުކާރުން އެދިގެން ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބާއްވައިދޭން ހުށަހަޅާފައި ވިޔަސް އެކަން އެގޮތަށް ނުކޮށްދިނުމަށް އެދި އިސްލާމީ 18 ޖަމާއަތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކޮށްފި އެވެ.
އިނގިރޭސި ވިލާތުގައި ހިންގާ ސްރީ ލަންކާގެ އިސްލާމީ 18 ޖަމާއަތަކުން މިގޮތަށް އެދުނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް އަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ޖަމާއަތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެ ސިޓީ އާންމުކޮށްފަ އެވެ.
ކޮވިޑްގައި މަރުވާ މީހުންގެ ހަށިގަނޑުތައް، ދީނީ އުސޫލުތަކާ ހިލާފަށް އަދި އާއިލާގެ ވެސް ނުރުހުމުގައި ލަންކާގައި އަންދަމުން ގެންދަނީ ބަލީގެ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ނަމުގަ އެވެ. މަރުވެފައިވާ ހަށިގަނޑެއް ވަޅުލުމުން އޭގައި ހުންނަ ވައިރަސް ފެނާ އެކުވެގެންދާނެ ކަމަށް ލަންކާ އިން ބުނި ނަމަވެސް ތަޖުރިބާކާރުން ގެންދަވަނީ ފުރާނަ ނެތް ހަށިގަނޑެއްގައި ވައިރަސްއަށް ދިރި ނޫޅެވޭނެ ކަމަށާއި ވަޅުލުމަކުން ނުރައްކަލެއް ނެތް ކަމަށް ވިދާޅުވަމުންނެވެ.
މަޖުބޫރުން ހަށިތައް އަންދާ މައްސަލާގައި، އިނގިރޭސި ވިލާތުގައި އުޅޭ ލަންކާ މީހުން މުޒާހަރާ ކުރުމަށް ފަހު ދިވެހި ސަފީރަށް އިއްޔެގެ ތާރީހުގައި ފޮނުވި ސިޓީގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
ލަންކާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މި ހިތްދަތިކަމުގައި އެހީވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާކުރައްވާތީ އުފާކޮށް ޝުކުރު އަދާކުރަމުން އެ ސިޓީގައި ވަނީ މަރުވާ މީހުން ރާއްޖެ އަށް ފޮނުވުމަކީ އާންމު ރައްޔިތުންގެ ހާލަތަށް ބަލާއިރު މި ވަގުތު ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ވެސް ހިމާޔަތްކޮށްދޭ ނިންމުމެއް ނޫން ކަމަށެވެ.
ސްރީ ލަންކާގެ މުސްލިމުންނަކީ، ދެ ހާސް އަހަރުގެ ތާރީހެއް އޮތް މި ގައުމުގެ އަސްލު ރަށްވެހިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވިޔަސް، މުސްލިމުންނަކީ ލަންކާގައި އުޅޭ ބިދޭސީންގެ ބައެއް ކަމަށް ގަބޫލުކުރާ ހަރުކަށި ފިކުރަށް ދެވޭ ހިތްވަރަކަށް މިކަން ވާނެ
ލަންކާގެ އާދަކާދަ އާއި ސަގާފަތަށް ބަލާއިރު މީހަކު މަރުވުމަށް ފަހު، އެ މީހެއްގެ މަހާނަ ދޮށަށް އާއިލާ އިން ޒިޔާރަތްކުރުން ފަދަ ކަންތައް އޮންނަ ކަމަށާއި އެކަމަކު މައްޔިތުން ގައުމުން ބޭރަށް ގެންގޮސް ވަޅުލައިފި ނަމަ އެފަދަ ކަންކަން ކުރުމުގެ ފުރުސަތު ނިކަމެތިވެފައިވާ އާއިލާތަކަށް ނުލިބޭނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
"މީގެ އިތުރުން، ސްރީ ލަންކާގެ މުސްލިމުންނަކީ، ދެ ހާސް އަހަރުގެ ތާރީހެއް އޮތް މި ގައުމުގެ އަސްލު ރަށްވެހިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވިޔަސް، މުސްލިމުންނަކީ ލަންކާގައި އުޅޭ ބިދޭސީންގެ ބައެއް ކަމަށް ގަބޫލުކުރާ ހަރުކަށި ފިކުރަށް ދެވޭ ހިތްވަރަކަށް މިކަން ވާނެ އެވެ." މަރުވާ މުސްލިމުން ގައުމުން ބޭރުކުރުމުގައި ފޮރުވިފައިވާ އެޖެންޑާއެއް އޮތް ކަމަށް ތުހުމަތުކޮށް ބުނެފައިވެ އެވެ.
މުސްލިމުން ވަޅު ނުލައި އަންދާ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ލަންކާގެ މުސްލިމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު މިކަމުގައި އެއްވެސް އަލިމަގެއް އަދި ނެތްކަން ވެސް ޖަމާއަތްތަކުން ފާހަގަކޮށްފައިވެ އެވެ.
"މިކަމުގައި ލަންކާ ސަރުކާރުން އެދޭ ގޮތަށް، ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިތައް އެހެން ގައުމަކަށް ފޮނުވަން ނިންމައިފި ނަމަ އެއީ ލަންކާގައި މުސްލިމުން ދެމި ތިބުމަށް ކުރަމުން އަންނަ މަސައްކަތަށް އެޅޭ ހުރަހަކަށް ވާނެ އެވެ." ލަންކާ ސަރުކާރުން އެދޭ ގޮތަށް ކަންތައް ކުރުން ނުރައްކާކަން ފާހަގަކޮށް ބުނެފައިވެ އެވެ.
ލަންކާ ސަރުކާރުން އުޅެނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ސިޔާސީ އަދި އިޖުތިމާއީ އެޖެންޑާއެއް ފުރިހަމަކުރަން ކަމަށާއި މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިސްނާވަޑައިގެން ލަންކާ މުސްލިމުންގެ ކަންބޮޑުވުންތައް ވީ އެންމެން އަވަހަކަށް ހިއްސާކޮށްދެއްވުން ސިޓީގައިވަނީ އެދިފަ އެވެ.
ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖައްސައިދޭން އެދުމާ އެކު އެކަން އަވަސްކުރުމަށް ރާއްޖޭގެ ބައެއް އިލްމުވެރިންނާއި އާންމުން ގޮވާލަމުން ދިޔަ ނަމަވެސް މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ބުނާ މީހުން ވެސް ގިނަ އެވެ. މިކަމުގައި ރާއްޖޭގައި ވެސް ހިޔާލު ތަފާތުވުން އުފެދި، ލަންކާ ސަރުކާރުގެ ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އަނެއްކޮޅުން، ލަންކާ އިން މިހާރު ވަނީ ހަށިތައް އެންދުމުގެ އުސޫލާ މެދު އަލުން ވިސްނަން ކަމަށް ބުނެ އެންދުން މެދުކަނޑާލައިފަ އެވެ. އަދި ލަންކާ ސަރުކާރުގެ މި އަމަލުތައް ވަނީ ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ.
ޔޫކޭގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ރެކޯޑް މަތީގައި
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ގެނބިގެން، މި މަހު ތިންވަނަ ޓޫރިސްޓަކު މަރުވެއްޖެ
ހަރަމްފުޅުގެ ކެރޭން ވެއްޓުމުން ބިންލާދިން ގްރޫޕަށް ބޮޑު ޖޫރިމަނާއެއް
އެތައް އަހަރެއް ފަހުން ވެސް ވެލިކަލަގެ ހަނދާންތައް!
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ
ރާނީގެ އެންމެ ފަހުގެ އާންމު ފޮޓޯ