އަހަރު ނިމެން މި އޮތް 10 ދުވަހު އިތުރު 40،000 ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
20 ޑިސެމްބަރ 2020
އަހަރު ނިމެން މި އޮތް 10 ދުވަހު އިތުރު 40،000 ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ ފަށަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މައުސޫމު ވިދާޅުވީ މިހާރު ވެސް 18 އަށް ވުރެ ގިނަ އެއާލައިން އިން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ އިރު ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ވެސް މައްޗަށް ދާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ ހަފްތާގައި ވަނީ ބައި މިލިއަނަށް އަރައިފަ އެވެ. މިއީ ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައިސް ޖުލައި މަހު އަލުން ހުޅުވާލި ފަހުން ސަރުކާރުން ކަނޑައެޅި އަމާޒެކެވެ.
ކަނޑުމަތީގެ ޓޫރިޒަމްގެ މުހިއްމު ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ދިގު ތާރީހުގައި ސަފާރީ ބޯޓުތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ސަފާރީތައް ބޮޑުވެ، ރިސޯޓުތަކާ އެއް ހަމައެއްގައި ހިދުމަތް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ބޯޓިން އާއި ކްރޫޒް ޓޫރިޒަމް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ފުޅާވަމުން. މީގެ ތިން އަހަރު ކުރިން ހުރި ސަފާރީ ބޯޓުތައް މިއަދު ފެންނަނީ ލަގްޒަރީ ޔޮޓްތަކުގެ ގޮތުގައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ފެން ކަމަށް ވާ އިރު ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމުގައި ކަނޑު ދަތުރުފަތުރު މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
ރާއްޖޭގައި އިތުރު ސާފިން ޕޮއިންޓްތަކާއި އިތުރު ޑައިވް ޕޮއިންޓްތައް ވެސް ހާއްސަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ
އެއްމިލިއަން ޓޫރިސްޓުން ހުކުރުގައި ހަމަވާނެ: މައުސޫމް
އިގްތިސާދީ ކާރިސާގެ ބޮޑުބައި ހިނގައްޖެ: މައުސޫމް
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
ހަނގުރާމައާ ހެދި ޓޫރިޒަމް ދާއިރާ 11 ޕަސެންޓް ދަށަށް
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
ޓޫރިޒަމްގެ ތަރައްގީން ކޯބިން އަށް ހައިރާންކަން!
"އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން"