Roadha Mihaaru
ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ބޯފަޅާލައިފި

މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ބޯފަޅާލައިފި

22 ޑިސެމްބަރ 2020

މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއަކަށް މީހަކު ހަމަލާދީ، އޭނާގެ ބޯފަޅާލުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއަކަށް މީހަކު ހަމަލާދީ، އޭނާގެ ބޯފަޅާލުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

ނިކަގަސް މަގުގައި ހުންނަ އެ ފިހާރައިގައި މަސައްކަތްކުރާ ބިދޭސީ މީހާއަށް ހަމަލާ ދިނީ އެ ފިހާރަ އަށް ވަން މީހެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖަހާ ކަން ހާ އިރު ކަމަށް ވެސް އެތަނުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.