Roadha Mihaaru
ގަވައިދާ ހިލާފުވުމުން އޭޑީކޭގެ ކެންޓީން ބަންދުކޮށްފި

ސާފުތާހިރުކަމުގެ ގަވައިދާ ހިލާފުވެެގެން އޭޑީކޭގެ ކެންޓީން ބަންދުކޮށްފި

23 ޑިސެމްބަރ 2020

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބަލާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތިގެން، އޭޑީކޭ ހޮސްޕިޓަލްގެ ކެންޓީން މިއަދު ބަންދުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބަލާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތިގެން، އޭޑީކޭ ހޮސްޕިޓަލްގެ ކެންޓީން މިއަދު ބަންދުކޮށްފި އެވެ.

އޭޑީކޭގެ ކެންޓީނުގައި އެޗްޕީއޭ އިން ތަތްކޮށްފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުން އެތަން މިއަދުން ފެށިގެން ބަންދުކުރީ ހިދުމަތް ލިބިގަންނަ މީހުން، ކާބޯތަކެތީގެ ޒަރިއްޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލުކުރާ ގަވާއިދާ ހިލާފުވެގެން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލަށް ދާ ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދާ އެ ކެންޓީން މީގެ ކުރިން މިގޮތަށް ބަންދުކޮށްފައެއް ނުވެ އެވެ. މިފަހަރު އެތަނުގައި ގަވައިދާ ހިލާފަށް ކުރީ ސީދާ ކޮން ކަމެއްކަން އަދި ނޭނގެ އެވެ.

ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުން ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އެޗްޕީއޭ އިން ކުރާ މަސައްކަތް ފަހަކަށް އައިސް ވަނީީ އިތުރުކޮށްފަ އެވެ. އެއީ ކޮވިޑް-19 ފެތުރޭތީ އެބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.