23 ޖޫން 2021
ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދިން ލުޔާ އެކު ފިހާރަތައް އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް މިއަދު ބަދަލު ގެނެސްފި އެވެ.
ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދިން ލުޔާ އެކު ފިހާރަތައް އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް މިއަދު ބަދަލު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މި މަަސް ނިމެންދެން، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހެނދުނު ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމަށެވެ. މި ވަގުތުތަކުގައި އެފަދަ ތަންތަނުން ދެވޭނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. އަދި ފުލުހުންގެ ހުއްދައާއެކު އެފަދަ ތަންތަނަށް ހެނދުނު 6:00 އިން މެންދަމު 12:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.
މި މުއްދަތުގައި ފިހާރަތައް ވެސް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މި ވަގުތުތަކުގައި ހުއްދަ އޮންނަ މީހުންނަށް ފިހާރަތަކަށް ވަދެ ވިޔަފާރި ކުރެވޭނެ އެވެ. އަދި ހެނދުނު 6:00 އިން މެންދަމު 12:00 އަށް ފުލުހުންގެ ހުއްދައާ އެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.
ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުންގެ ހުއްދައަށް އެދެން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށްގެންނެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ކުޑަ ލުޔެއް މިއަދުން ފެށިގެން ދީފައިވާއިރު، ކާފިއު ގަޑި މިހާރު ވަނީ ހަވީރު 6:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ. ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ އޮންނަ މީހުންނަށް އެކަންޏެވެ. ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރުގައި އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބިގެންނެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
ހަފުލާތަކަށް ކަނޑައެޅި 30 މީހުންގެ އަދަދު އުވާލައިފި
ރެސްޓޯރެންޓް ވެރިންގެ ކަންބޮޑުވުންތައް އޮއްސާލައިފި
ރެސްޓޯރަންޓުތަކުގެ ވެރިން އަނެއްކާވެސް މުޒާހަރާ އަށް
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 9 އާ ހަަމައަށް
40 ޕަސެންޓު ކެފޭ/ރެސްޓޯރަންޓު ދަނީ ބަނގުރޫޓުވަމުން
ރޯދަމަހަށް ލުއިތައް ދޭން ވިސްނަން: މައިމޫނާ
ރޭގަނޑު10:30 ވެސް ވިޔަފާރިވެރިންނަށް ކަމަކު ނުދިޔަ
ރޭގަނޑު 10:30 އާ ހަމައަށް ކެފޭތަކަށް ހުއްދަ ދީފި