ގޭގައި ރޯވެ އަނދައި އަޅިއަށްވި ހާދިސާއެއްގައި ހަތް އަހަރުގެ ކުއްޖަކު އޭނާގެ ކޮއްކޮ ސަލާމަތްކޮށްފި އެވެ.
29 ޑިސެމްބަރ 2020
ގޭގައި ރޯވެ އަނދައި އަޅިއަށްވި ހާދިސާއެއްގައި ހަތް އަހަރުގެ ކުއްޖަކު އޭނާގެ ކޮއްކޮ ސަލާމަތްކޮށްފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 8 ގައި އެމެރިކާގެ ޓެނެސީގެ ޓޭޒްވެލްގަ އެވެ. ކްރިސް އާއި ނިކޯލް ޑޭވިޑްސަނަކީ އެޑޮޕްޓްކޮށްގެން ތިން ކުދިން ގެންގުޅޭ ދެމަފިރިންނެވެ. އާދައިގެ މަތިން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވެސް ތިން ކުދިންނަށް ކާންދީފައި ނިދަން ބޭތިއްބުމަށް ފަހު، ދެމަފިރިން ވެސް ނިދީ އެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ނިކޯލް އަށް ހޭލެވުނީ ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރާތީ އެވެ. ހޭލެވުނު އިރު ގޭގައި އޮތީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އެއާ އެކު، ފިރިމީހާ އަށް ގޮވައި ދޮށީ ދެ ކުދިން ކަމަށްވާ އެލީ އާއި ދެ އަހަރުގެ އެލީޖާ ނަގައިގެން އެ މީހުންނަށް ބޭރަށް ނުކުމެވޭ ގޮތްވި އެވެ.
7-year-old boy rescues sister from burning home https://t.co/867dcgKSc8 via @inForney
— Adhushan (@Adhushan1) December 28, 2020
އެކަމަކު 22 މަހުގެ އެރިން ނިދާފައި އޮތް ކޮޓަރިއާ ދިމާއަށް އަލިފާންގަނޑު ފެތުރިފައި އޮތްލެއް ބޮޑުކަމުން އެ ކުއްޖާ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ގެއިން ބޭރަށް ނުކުތް އިރު، ކޮއްކޮ ނެތްކަން އެނގުމާ އެކު އެލީ ވަނީ ކޮޓަރީގެ ފުރަގަހުން ހުރި ކުޑަދޮރަކުން އެތެރެ އަށް ފުންމާލައި އެރިން ސަލަމާތްކޮށްގެން ނެރެފަ އެވެ.
އަލިފާނުގެ ހާދިސާ ކްރިސްގެ ދެމަފިރިން ފަޔާ ޑިޕާޓްމަންޓަށް ވެސް ރިޕޯޓްކުރި އެވެ. އެކަމަކު ފަޔާ ފައިޓަރުންނަށް ދެވުނު އިރު ގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
މި ހާދިސާގެ ވާހަކަ ސީއެންއެންއާ ހިއްސާކުރަމުން، ކުރިން ފަޔާ ފައިޓަރެއްގެ ވަޒީފާ ވެސް އަދާކުރި ދެމަފިރިން ކިޔައިދިން ގޮތުގައި ކުޑަކުޑަ އެލީ ދެއްކި ހިތްވަރަކީ އާއިލާ ފަހުރުވެރިވާ ވަރުގެ ކަމެކެވެ.
އެރިން.
"އެލީ އެ ހިތްވަރު ނުދެއްކި ނަމަ އެރިންގެ ފުރާނަ ދިޔައީސް. އެކަމަކު އެލީ ވަނީ އެއްވެސް ޖެހިލުމެއް ބިރެއް ނެތި ކޮޓަރި ތެރެއަށް ފުންމާލައި އެ ކުއްޖާ ސަލާމަތްކޮށްފައި،" ކްރިސް ބުންޏެވެ. "މިއީ ހަގީގަތުގައި އެފަދަ ހާލަތެއްގައި ބޮޑު މީހަކަށް ވެސް ކުރަން ނުކެރޭނެ ކަހަލަ ކަމެއް."
އެލީ ބުނި ގޮތުގައި ގޭގައި ރޯވެފައި އޮތްވަރުން އޭނާ ފުރަތަމަ ވަރަށް ބިރުގަތެވެ. އެކަމަކު ކޮއްކޮ ވީ އެތެރޭގައިކަން އެނގުމުން ބިރު ކެނޑި، ކޮއްކޮ ސަލާމަތްކުރުމުގެ ހިތްވަރު ލިބުނެވެ.
"ވަރަށް އުފާވި އެރިން ސަލާމަތްކުރެވުނީމަ. ކޮއްކޮ މަރުވި ނަމަ ވަރަށް ދެރަވާނެ،" އޭނާ ބުންޏެވެ.
ގެ އަނދައި އަޅިއަށްވި ހާދިސާގެ ސަބަބުން ކްރިސްގެ ދެމަފިރިން މިހާރު ވަނީ އަލުން ބޯހިޔާވަހިކަމެއް ހޯދަން އާންމުންގެ އެހީ އަށް ވެސް އެދިފަ އެވެ. އެގޮތުން ފަންޑް ހޯދަން ގޯފަންޑްމީ ޕޭޖްގައި ވަނީ ކެމްޕޭނެއް ފަށައިފަ އެވެ.
"އަލުން ދިރިއުޅުން ސުމަކުން ފަށަން ޖެހިފައި މިއޮތީ. އަތުގައި ނެތް އެކައްޗެއް ވެސް." ކްރިސް ބުންޏެވެ. "ގެއާ އެއްކޮށް އަހަރެމެންގެ ތިން ކާރު ވެސް ވަނީ އަނދައި އަޅިއަށްވެފައި."
ފަސްހާސް ޑޮލަރު ހޯދަން ފެށި ކެމްޕޭނަށް މިހާތަނަށް 326,800 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ.
ބައްޕަ އާއި ކޮއްކޮ ސަލާމަތްކުރީ 7 އަހަރުގެ ކުއްޖެއް
ފަސް ވަނަ ބުރިން ފުންމާލި ބުޅަލަކަށް އަނިޔާއެއް ނުވި
ފަސް ބެއިން އެޑަޕްޓްކޮށްގެން އުޅޭ ޒުވާނެއް
ކެނެޑާގައި މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިއްޖެ
އެލްއޭގައި ރޯވި ހިސާބަށް ވާރެޔާ އެކު ކިސަޑު ފައިބައިފި
އެލްއޭގައި އިތުރު އަލިފާންގަނޑުތަކެއް، ބާރަށް ފެތުރެނީ
އެލްއޭ އަލިފާން: މަރުވި އަދަދު 25 އަށް އަރައިފި
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
އެލްއޭގެ އަލިފާން އެހެން ހިސާބުތަކަށް ފެތުރިދާނެ!