Roadha Mihaaru

އެލްއޭގައި ރޯވި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ކިސަޑުން މަގުތައް ބެދިއްޖެ

އެމެރިކާގެ ލޮސް އެންޖެލިސްގައި މިދިޔަ މަހު ރޯވެ އަޅިއަށްވި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި އުސް ހިސާބުތަކުން ކިސަޑު ފައިބައި މަގުތައް ބެދި ނުރައްކާތެރި ހާދިސާތައް ހިނގައިފި އެވެ.

އެލްއޭގައި ރޯވި ހިސާބަށް ވާރެޔާ އެކު ކިސަޑު ފައިބައިފި

އެމެރިކާގެ ލޮސް އެންޖެލިސްގައި މިދިޔަ މަހު ރޯވެ އަޅިއަށްވި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި އުސް ހިސާބުތަކުން ކިސަޑު ފައިބައި މަގުތައް ބެދި ނުރައްކާތެރި ހާދިސާތައް ހިނގައިފި އެވެ.

ލޮސް އެންޖެލިސްގެ ބައެއް ސަރަހައްދުތަކަށް އެއް ދުވަސްތެރޭ 2.8 އިންޗި (7 ސެންޓިމީޓަރު) ގެ ވާރޭ ވެހިފައި ވާއިރު އަލިފާނުގައި އެނދި ޕެސިފިކް ޕެލިސޭޑްސް އާއި އަލްޓަޑެނާގެ ކުނިތައް ފެނާއި ކިސަޑާ އެކު މުޅި ހިސާބަށް ވަނީ ފެތުރިފަ އެވެ.

އަލިފާނުގެ ހާދިސާގައި އެތައް މިލިއަން ޑޮލަރެއްގެ މުދަލެއް އަޅިއަށްވި، ޕެސިފިކް ކޯސްޓް ހައިވޭ ވަނީ މި ހާދިސާއާ އެކު ބަންދުކޮށްފަ އެވެ.

ލޮސް އެންޖެލިސްގެ ފަޔަ ޑިޕާޓްމަންޓުގެ ވެހިކަލެއް ވެސް ފެންގަނޑާ އެކު މޫދަށް ދަމައިގެންފައިވެ އެވެ. އެ ވެހިކަލް ދުއްވަން އިން މީހާ ވަނީ މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެފަ އެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި މިދިޔަ މަހު އަލިފާނުގެ ހާދިސާ ހިނގި ހިސާބުތަކަށް ވާރޭ ވެހުމާ އެކު އުސް ހިސާބުތަކުން މަގުތަކަށް އެޅުނު ކުންޏާއި ކިސަޑުން މަގުތައް ބެދިފައި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ލޮސް އެންޖެލިސްގައި މިދިޔަ މަހު އަލިފާނުގެ ހާދިސާ ހިނގި ހިސާބުތަކަށް ވާރޭ ވެހުމާ އެކު އުސް ހިސާބުތަކުން މަގުތަކަށް އެޅުނު ކުންޏާއި ކިސަޑުން މަގުތައް ބެދިފައި. -- ފޮޓޯ: އޭއެފްޕީ

ފިލްމީ ތަރިންނާއި އެ ދާއިރާގެ އެކި ފަންތީގެ މީހުން ގިނަ ހޮލީވުޑް ހިލްސްގައި ވަނީ ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ބޮޑު މަގެއްގައި ގާތްގަނޑަކަށް 8 އިންޗިއަށް ކިސަޑާއި ކުންޏާއި ހިލަ އެޅިފަ އެވެ. އަދި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި އެތައް ހާސް އިމާރާތެއް ހަލާކުވެފައިވާ އަލްޓަޑެނާގައި ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ މަގުތަކަށް ފޭބި ކުންޏާ އެކު ތާށިވެފަ އެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި މިދިޔަ މަހު އަލިފާނުގެ ހާދިސާ ހިނގި ހިސާބުތަކަށް ވާރޭ ވެހުމާ އެކު އުސް ހިސާބުތަކުން މަގުތަކަށް އެޅުނު ކުންޏާއި ކިސަޑުން މަގުތައް ބެދިފައި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ލޮސް އެންޖެލިސްގައި މިދިޔަ މަހު އަލިފާނުގެ ހާދިސާ ހިނގި ހިސާބުތަކަށް ވާރޭ ވެހުމާ އެކު އުސް ހިސާބުތަކުން މަގުތަކަށް އެޅުނު ކުންޏާއި ކިސަޑުން މަގުތައް ބެދިފައި. -- ފޮޓޯ: އޭއެފްޕީ

މި ހާދިސާތައް ހިނގާފައިވަނީ ކެލިފޯނިއާގެ ފިނި މޫސުމުގެ ބާރުގަދަ ތޫފާނުތަކުގެ ނުރައްކާ އޮތް ކަމަށް ބެލެވޭ ތަންތަނުގައި ވެލިބަސްތާތަކާއި ކޮންކްރީޓް ހުރަސްތައް ބަހައްޓައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅާފައި ވަނިކޮށެވެ.

ފެބްރުއަރީ މަހާ ހަމައަށް އެ ސަރަހައްދަށް ވާރޭ ނުވެހި ހާލަތު އޮތީ ގޯސްކޮށެވެ. އެކަމަކު އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމަކީ ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ފަސޭހައިން ހިނގާ ސަބަބެކެވެ. އެއީ އުސް ހިސާބުތަކުގެ ގަސްތައް އަލިފާނުގައި އަނދައިގެން ގޮސްފައި ވަނިކޮށް ވާރޭ ވެހެމުން ބިމަށް ފެން ނުހިނދި ފެތުރިގެން ދާތީ އެވެ. އެހެން ދިމާވާ އަނެއް ސަބަބަކީ އަލިފާނުގެ ހޫނުން ބިންގަނޑު ހަރުވެ ފެން ހިނދޭ މިންވަރު މަދުވާތީ އެވެ. -- އޭއެފްޕީ