ގުޅިފަޅުގައި ރިމާންޑް ސެންޓަރު ހެދުމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކަނޑައަޅުއްވައިފި އެވެ.
31 ޑިސެމްބަރ 2020
ގުޅިފަޅުގައި ރިމާންޑް ސެންޓަރު ހެދުމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކަނޑައަޅުއްވައިފި އެވެ.
މިއީ، މީގެ ނުވަ އަހަރު ކުރިން ތަންފީޒުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ މަރުކަޒެކެވެ. އެ ގާނޫނަށް އަމަލުކުރާތާ 18 މަސް ދުވަހުގެ ތެރޭގައި ރިމާންޑު ސެންޓަރެއް ހަދަން ޖެހޭނެ ކަމަށް ގާނޫނުގައި ބުންޏަސް އެފަދަ މަރުކަޒެއް ހަދާފައެއް ނުވެ އެވެ.
ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އެ ތަން ހިންގުމަށް ހަމަޖައްސާފައި ވަނީ ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ދަށުން ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކާއެކު އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، އެ ތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށް ފަހުގަ އެވެ.
ޑިސެމްބަރު 31، 2011 ގައި އަމަލުކުރަން ފެށި ގާނޫނު ބުނާގޮތުން، ރިމާންޑް ސެންޓަރަށް ގެންދާނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ސެންޓަރުގައި ބައިތިއްބައިގެން އަސާސީ ފަރުވާދިނުމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމައްޗާއި އާއްމު ތަންތަނުން ގިނައިން ފެންނަމުން ދަނީ އެފަދަ މަރުކަޒެއް ނެތުމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރުމަށް ފަހު ވެސް ގިނަ ފަހަރަށް ޖެހެނީ އެ މީހުން ދޫކޮށްލާށެވެ. އެއާއެކު، އަނެއްކާ ވެސް އެ ކަމުގެ އެތެރެއަށް މީހުން ވަދެގެން ދެ އެވެ.
ގިނަ ބަޔަކަށް ފަރުވާ ދެވޭނީ ހިދުމަތް ޕްރައިވެޓްކޮށްގެން
މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރާނެ ގޮތްތަކެއް
އުމުރުން 14، މައްސަލަތަކުގެ އަދަދު 350 އިން މަތި
ޑްރަގް ރިމާންޑު ސެންޓަރު ބޭނުން ނުކުރެވޭތީ ކަންބޮޑުވަނީ
މަސްތުގެ އާބާދީ ބޮޑުވެ، ދައުލަތް ގޮތް ހުސްވެފައި!
މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!
މައްސަލަ ހުރިކަން ގަބޫލުކުރަން، ބަދަލު އެބަ ގެންނަން
ޑްރަގްގެ މައްސަލަ ހައްލުވާނީ ޝަރީއަތް ކުރިއަށްގޮސްގެން
އެންޑީއޭ އިސްލާހުކުރުން ލަސްވުމަކީ ގެއްލުމެއް: ނަޝީދު
ޑްރަގްގެ ފަރުވާ ދިނުމަށް އާ ކޮންސެޕްޓެއް