Roadha Mihaaru
ކާޖޮލްގެ "ތުރިބާންގާ" މި މަހުގެ 15 ގައި

ކާޖޮލްގެ "ތުރިބާންގާ" މި މަހުގެ 15 ގައި

02 ޖެނުއަރީ 2021

ބަތަލާ ކާޖޮލްގެ އާ ފިލްމު "ތުރިބާންގާ" މި މަހުގެ 15 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކާޖޮލްގެ އާ ފިލްމު "ތުރިބާންގާ" މި މަހުގެ 15 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، ޓީޒާއެއް ދައްކާލައިފި އެވެ.

އެއް އާއިލާއެއްގެ ތިން ޖީލަކަށް ނިސްބަތްވާ ތިން އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ބަތަލާ ރެނޫކާ ސަހާނާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ތުރިބާންގާ" އަކީ އޭނާގެ އަލަތު ޑައިރެކްޝަން ވެސް މެ އެވެ.

ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ތަންވީ އަޒްމީ އާއި މިތިލާ ޕާލްކަރް، ކުނާލް ރޯއި ކަޕޫރް، މާނަވް ގޯހިލް އަދި ކަންވަލްޖީތު ސިންގް ހިމެނެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަޖޭއާ އެކު ފެނިގެން ދިޔަ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އެ ފިލްމަކީ ސިނަމާތަކުގައި އަޅުވަން ފުރުސަތު ލިބުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމެވެ.