Roadha Mihaaru
އީޔޫ އިން އިނގިރޭސިން ރަސްމީކޮށް ވަކިވެއްޖެ

އީޔޫ އިން އިނގިރޭސިން ރަސްމީކޮށް ވަކިވެއްޖެ

01 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 1) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިން ރަސްމީކޮށް ވަކިވުމުގެ ކަންކަން މިއަދު ފުރިހަމަކުރުމަށް ފަހު، މުޅިން އާ ސަފުހާއެއް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖެނުއަރީ 1) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިން ރަސްމީކޮށް ވަކިވުމުގެ ކަންކަން މިއަދު ފުރިހަމަކުރުމަށް ފަހު، މުޅިން އާ ސަފުހާއެއް ފަށައިފި އެވެ.

އީޔޫގެ ގަވައިދުތަކަށް އަމަލުކުރުން ޔޫކޭ އިން ރަސްމީކޮށް ހުއްޓާލި ނަމަވެސް ދަތުރުފަތުރާއި ވިޔަފާރި، އިމިގްރޭޝަން އަދި ސަލާމަތީ އެއްބާރުލުމާ ގުޅޭ ގޮތުން އާ އެއްބަސްވުންތަކެއް ވަނީ ހަމަޖައްސައިފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ޔޫކޭ އަށް މިހާރު "މިނިވަންކަން" ލިބުނީ ކަމަށާއި ބްރެކްސިޓް ފުރިހަމަވުމުން ކަންކަން ތަފާތުކޮށް ކުރެވޭނެ ކަމަށެވެ. ޖޯންސަން އަކީ އީޔޫ އިން ޔޫކޭ ވަކިވުމަށް އެންމެ ބޮޑަށް ކެމްޕޭން ކުރެއްވި އެއްބޭފުޅާ އެވެ. ޔޫކޭ އިން ދެން އަމަލުކުރާނީ އާ ބޯޑަ ސިސްޓަމަކަށެވެ.

އީޔޫ އިން ޔޫކޭ ވަކިވުމާ ދެކޮޅު ފަރާތްތަކުން ބުނަމުން ދަނީ ކަންކަން ދެން މާގޯސްވާނެ ކަމަަށެވެ.

އީޔޫ އިން އިނގިރޭސިން ވަކިވާން ފެނޭތޯ ބެލުމަށް 2016 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު، 27 ގައުމު ހިމެނޭ ޖަމާއަތުން ޔޫކޭ ވަކިވެފައި ވަނީ، ތިން އަހަރަށް ފަހު، މިދިޔަ އަހަރުގެ ޖެނުއަރީ 31 ގަ އެވެ. ނަމަވެސް އިތުރު 11 މަސް ދުވަސް ހޭދަވެފައި ވަނީ ދެ ފަރާތުގެ މެދުގައި އިގްތިސާދީ އެއްބާރުލުން ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ނިންމުމަކަށެވެ.