Roadha Mihaaru
ކޯޓަށް ހާޒިރު ނުވުމުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި

އަޑުއެހުމަކަށް ހާޒިރު ނުވުމުން ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި

07 ޖެނުއަރީ 2021

ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން އެ އޮފީސް 250ރ. އިން ޖޫރިމަނާ ކޮށްފިި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން އެ އޮފީސް 250ރ. އިން ޖޫރިމަނާ ކޮށްފިި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ޕީޖީ އޮފީސް ޖޫރިމަނާކުރީ ކުޑަކުއްޖަކަށް ޖިިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖާ ކުރަން މިއަދު ތާވަލްކުރި އަޑުއެހުމަށް ޕީޖީ އޮފީހުން ވަކީލަކު ހަމަޖައްސާފައިނުވާތީ ކަމަށެވެ.

އެ މައްސަލާގައި ކުރިން ވަކީލަކު ހަމަޖައްސަން ޕީޖީ އޮފީހުގައި އެދިފައި ވިޔަސް، ވަކީލަކު ހަމަޖައްސާފައިނުވާ ކަމަށާއި އެހެންވެ، އަޑުއެހުން ބޭއްވުމުގެ ކުރިން އެކަން ޕީޖީ އޮފީހުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. ދައުވާލިބޭ މީހާ އާއި ދިފާއީ ވަކީލުންނާއި ތަރުޖަމާނަކު ކޯޓަށް ހާޒިރުވިޔަސް، އަޑުއެހުން ތާވަލްކުރި ގަޑި ޖެހުނުއިރު، ޕީޖީ ވަކީލަކު ހަމަޖައްސާފައިނުވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ހައި ކޯޓުން ކުރިން ނިންމާފައިވާ ގޮތުން ޕީޖީ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެން ކޯޓުތަކުން ކުރާ ޖޫރިމަނާތަކަށް ޒިންމާ ވާން ޖެހޭނީ އެކަމުގައި އިހުމާލުވި ވަކީލުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް އަމިއްލައަށެވެ.