އެމެރިކާގެ ރިއާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތުމުން ވެސް ބަލި ގަބޫލު ނުކުރައްވައި ނަތީޖާއާ މެދު ޝައްކު އުފައްދަވަމުން ގެންދަވާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ފަހު ޓްވިޓާ އިން ޓްރަމްޕް ދާއިމަށް ސަސްޕެންޑްކޮށްފި އެވެ.
އެމެރިކާގެ ރިއާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތުމުން ވެސް ބަލި ގަބޫލު ނުކުރައްވައި ނަތީޖާއާ މެދު ޝައްކު އުފައްދަވަމުން ގެންދަވާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ފަހު ޓްވިޓާ އިން ޓްރަމްޕް ދާއިމަށް ސަސްޕެންޑްކޮށްފި އެވެ.
މިގޮތަށް މި ނިންމީ ޓްރަމްޕުގެ ގޮވައިލެއްވުމަކަށް އޭނާގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ އެތަނަށް ގެއްލުންދީ ހިންގި ހަމަނުޖެހުންތަކަށް ފަހު ވަގުތީ ގޮތުން އޭނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކުރުމަށް ފަހުގަ އެވެ. އެއީ ޓްވިޓާގެ އުސޫލުތަކާ ޓްރަމްޕް ވަރަށް ބޮޑަށް ޚިލާފުވެ ވަޑައިގެން ހަމަނުޖެހުމަށް ހިތްވަރުދޭ ލިޔުންތަކާއި ވީޑިއޯތައް ވެސް އާންމުކުރައްވާ ކަމަށް ބުނެ އެވެ.
ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ވާހަކަތައް ޓްވިޓާ މެދުވެރިކޮށް އާންމުކުރައްވާ ޓްރަމްޕް އެ ޕްލެޓްފޯމުން ސަސްޕެންޑުކޮށް ޓްވިޓާ އިން ބުނީ މިގޮތަށް ނިންމީ ޓްރަމްޕް އެންމެ ފަހުން ކުރައްވާފައިވާ ޓްވީޓްތަކާ މެދު ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ.
ޓްރަމްޕް ޓްވިޓާ ބޭނުންކުރައްވަނީ ނަފުރަތު އުފައްދަން ކަމަށް ބުނެ މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލަންޖެހޭ ކަމަށް ބުނެފަ އެވެ. މިކަމުގައި ޓްވިޓާ އިން އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ ހެދި ފަހުން ވަނީ ޓްރަމްޕުގެ ބައެއް ޓްވީޓައް ނުފެންނަ ގޮތް ހަދައި އަދި ޓްވީޓްތަކާ އެކު ޓްވިޓާގެ ނޯޓެއް ވެސް ފެންނަ ގޮތަށް ހަދައިފަ އެވެ.
ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޝްހޫރު އެތައް ބަޔަކު ވަނީ އެމެރިކާގެ ހަމަނުޖެހުންތަކަށް ފަހު ޓްވިޓާ އިން ޓްރަމްޕަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ވެސް އިއްޔެ ވަނީ ޓްވިޓާގައި ޓްރަމްޕް ދައްކަވާ އަނިޔާވެރިކަމާ ހެދި އޭނާ ދާއިމަށް ޓްވިޓާ އިން ސަސްޕެންޑްކުރުމަށް ގޮވާލައްވައިފަ އެވެ.
ޓްރަމްޕުގެ އިތުރުން އޭނާގެ ނުފޫޒު ގަދަ އެހެން ބައެއް ސަޕޯޓަރުން ވެސް ޓްވިޓާ އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ޓްރަމްޕާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އޭނާ މީގެ ކުރިން ވަނީ ޓްވިޓާ އާއި ސޯޝަލް މީޑިއާގެ އެހެން ކުންފުނިތަކުގެ ނުފޫޒު ކަނޑުވާލަން ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ޓްވިޓާގެ އިތުރުން ފޭސްބުކުން ވެސް ވަނީ ޓްރަމްޕްގެ ރިއާސީ ދައުރު ނިމެންދެން އޭނާގެ އެކައުންޓުން އިތުރަށް އެއްވެސް ޕޯސްޓެއް ނުކުރެވޭ ގޮތް ހަދައިފަ އެވެ. އެއީ ވެސް ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ޓިކްޓޮކް ގަންނަން މައިކްރޮސޮފްޓް މަޝްވަރާގައި
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ކޮންގްރެސްގެ މެމްބަރަކު ޓުވިޓާއިން ބޭރުކޮށްފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
"ވެކްސިން ޖަހާ މީހުން މަދީ ސޯޝަލް މީޑިއާއާ ހެދި"
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ޓްރަމްޕްގެ އަމިއްލަ" ސޯޝަލް ޕްލެޓްފޯމެއް ލޯންޗްކުރަނީ
ޓްވިޓާ އިން ޓެކްސަސްގެ އޭޖީ އަށް ދައުވާކޮށްފި
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް