އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖެހުމުގެ ޓާގެޓް ހާސިލް ނުވުމުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑު ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
19 ޖުލައި 2021
އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖެހުމުގެ ޓާގެޓް ހާސިލް ނުވުމުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑު ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ބައިޑެން ހުކުރު ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ތުހުމަތުުކުރެއްވި ގޮތުގައި އެމެރިކާގެ ރައްޔިތުން ވެކްސިނަށް ސަމާލުކަން ކުޑައީ ފޭސްބުކާއި ޓްވިޓާ އާއި ޔޫޓިއުބާއި ފަދަ ޕްލެޓްފޯމްތަކުގައި ފަތުރާ ސައްހަ ނޫން މައުލޫމާތުތަކާ ހެދި އެވެ.
"ނިކަން ދެކިބަލަ އަހަރެމެންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ވަރަށް ގިނަ. މީގެ ސަބަބަކީ ސޯޝަލް މީޑިއާ. އެ މީހުންނާ ހެދި އެތައް ބަޔަކު ހަލާކުވަނީ،" ބައިޑެން ވިދާޅުވި އެވެ.
ރައީސްގެ ވާހަކަ އެ މޭރުމުން އައިސްފައި ވަނީ އެމެރިކާގައި ވެކްސިން ޖެހި މީހުންގެ ނިސްބަތް މި މަހުގެ 4 އާ ހަމައަށް 70 ޕަސެންޓް ގެންނަން ހިފި އަމާޒު ހާސިލުނުވުމުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރާއި އަދި އޭގެ ފަހުން އެ ބަލީގެ ވެކްސިނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ކޮންޓެންޓްތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާތީ މިހާތަނަށް ޓެކް ކުންފުނިތަކުން އެކަމާ ދެކޮޅަށް އެތައް ފިޔަވަޅެއް އަޅާފައިވެ އެވެ.
ބައިޑެން ދެއްކެވި ވާހަކަތަކާ ގުޅިގެން ފޭސްބުކުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޓާގެޓް ހާސިލުނުވުމަކީ ފޭސްބުކް ބަހަނާއަކަށް ހަދަން ޖެހޭ އުޒުރެއް ނޫން ކަމަށެވެ.
"ފޭސްބުކް ބޭނުންކުރާ އެމެރިކާ މީހުންގެ ޑޭޓާތަކަށް ބަލާ އިރު އަށްޑިހަ ފަސް ޕަސެންޓް މީހުންނަކީ ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ މީހުން،" ފޭސްބުކްގެ ވައިސް ޕްރެޒިޑެންޓް ގައި ރޯޒެން ވިދާޅުވި އެވެ. "އެހެންވީމާ ސަރުކާރުގެ ޓާގެޓް ހާސިލުނުވުމުގެ ބަހަނާއަކަށް އަހަރެމެން ނުހެދޭނެ."
މިދިޔަ އަހަރު ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ގައުމުގެ ގޮތުގައި ފާހަގަކުރެވުނު އެމެރިކާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 161 މިލިއަނެވެ. އެއީ އާބާދީގެ 49 ޕަސެންޓް މީހުންނެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ސޯޝަލް މީޑިއާއާ ދެކޮޅަށް ފްލޮރިޑާ އިން ގާނޫނެއް
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ވެކްސިނާ ބެހޭ ދޮގު ފަތުރާތީ އިންސްޓަގްރާމުން ބޭރުކޮށްފި
އިންތިހާބާ ދިމާކޮށް އެފްބީއާ ދުރުވާ ނަމަ ފައިސާ ދެނީ
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް