ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗެއާޕާސަން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އައްޔަން ކުރައްވައިފި އެވެ.
11 ޖެނުއަރީ 2021
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗެއާޕާސަން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އައްޔަން ކުރައްވައިފި އެވެ.
ސީއެމްޑީން ނެރުނު ބަޔާނެއްގައި ބުނީ މި މަގާމަށް ޒާހިރާ އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
ޒާހިރާއަކީ މާލީ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 31 އަހަރު ވަންދެން އެމްއެމްއޭގައި މަސައްކަތް ކުރައްވާފައިވާއިރު، މިދިޔަ އަހަރު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިވެވަޑައިގަތީ އެ މަގާމުގައި 12 އަހަރު ވަންދެން ހުންނެވުމަށް ފަހު އެވެ.
- އައިޝަތު ޒާހިރާ: ބޯޑުގެ ޗެއާޕާސަން
- ޗީފް އެގްޒެކެޓިވް އޮފިސަރު: މަގާމު ހުސްކޮށް
- އާއިޝަތު ނާދިޔާ: ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- އަހުމަދު ސިރާޖް: ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، ސެކްރެޓަރީ ޖެނެރަލް/ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ފިނޭންސް މިނިސްޓްރީ
- މަރްޔަމް ވިސާމް: ރެޖިސްޓްރާ އޮފް ކޮމްޕެނީޒް
- ފާތިމަތު ޝަފްނީޒް: ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެމްބަރެއް
- ރިފާއަތު ޖަލީލް: ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެމްބަރެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސީއެމްޑީއޭގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ޒާހިރާ އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި އަހުމަދު މާޒިން މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. މާޒިން ވަނީ 2017ވަނަ އަހަރުން ފެށިގެން ސީއެމްޑީއޭގެ ޗެއާޕާސަންގެ މަގާމު ފުރުއްވައިފަ އެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމު ހުސްކޮށް އޮތީ އެ މަގާމުގައި ހުންނެވި ނާދިޔާ ހަސަން 2019ގައި އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް މިހާތަނަށް އިތުރު އެއްވެސް ބޭފުޅަކު އައްޔަން ކޮށްފައެއް ނުވެ އެވެ.
ސްކީމްތަކުން ގެއްލުންވާ މީހުން ޝަކުވާ ހުށަހަޅަން އެދެފި
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕު ނުކުރާނެ: ނާޒިމް
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
އެމްއެމްއޭގެ ބޯޑުން ޝުހާދު އިސްތިއުފާދީފި
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
އިސްލާމިކް ފައިނޭންސިންއާ ގުޅޭ ފަސް މިލިއަންގެ ފަންޑެއް
މަނީ ޗޭންޖަރުންނަށް އެދި 98 ފަރާތެއް،ޕްރޮސެސް ކުރަނީ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
އަހަރު ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި 62 މިލިއަން
ދިރާގު ފިންޓެކާއި އިތުރު ދެ ބޭންކަކުން ފަވަރަ ހިދުމަތް