14 ޖެނުއަރީ 2021
ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް "ގުޑް ލަކް ޖެރީ" ކިޔާ އާ ފިލްމަކަށް ސޮއިކޮށް، އޭގެ ޝޫޓިން ހޯމަ ދުވަހު ފަށައިފި އެވެ.
ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް "ގުޑް ލަކް ޖެރީ" ކިޔާ އާ ފިލްމަކަށް ސޮއިކޮށް، އޭގެ ޝޫޓިން ހޯމަ ދުވަހު ފަށައިފި އެވެ.
މި ފިލްމަކީ މިހާރު ސާރާ އަލީ ޚާނާއި އަކްޝޭ ކުމާރުގެ އިތުރުން ދަނޫޝްއާ އެކު "އަތުރަންގީ ރޭ" ގެނެސްދޭން މަސައްކަތްކުރަމުން އަންނަ ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަންސް އިން ހަދާ ފިލްމެކެވެ.
މާ މަޝްހޫރު ނޫން ފަންނާނުންތަކެއް ހިމެނޭ ކާސްޓަކާ އެކު ހަދާ "ގުޑް ލަކް ޖެރީ" ގެ ޑައިރެކްޓަރަކީ ސިދާތު ސެންގުޕްތާ އެވެ. ޕަންޖާބްގައި ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު ފިލްމުގެ ކާސްޓްގައި ހިމެނޭ ފަންނާނުންގެ ތެރޭގައި ސުޝާންތު ސިންގް، ދީޕަކް ދޮބްރިޔާލް، މިތާ ވަޝިސްތު އަދި ނީރަޖް ސޫދު ހިމެނެ އެވެ.
#GoodLuckJerry ❤️☺️ pic.twitter.com/dRzUCAcXfa
— Janhvi Kapoor (@janhvikapoorr) January 11, 2021
މީގެ ޝޫޓިން އެއް ވާނެއްގައި ކުރިއަށް ގެންގޮސް މާޗް މަހުގެ ތެރޭގައި ނިންމައިލާނެ އެވެ. އެކަމަކު "ގުޑް ލަކް ޖެރީ" ބެލުންތެރިންނާ ހަމައަށް ގެންނާނެ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އެވެ. "ދަޅަކް" އިން 2018 ގައި ފިލްމު ކުޅެން ފެށި ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޫހީ އަފްޒާ" އާއި "ދޯސްތާނާ 2" އާއި "ތަޚުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ.
"ބޮމްބޭ ގާލް" އަކީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އެންމެ ވަރުގަދަ ކްރިޓަކީ އެއްބަފާ ދައްތަ
ބޯނީ ކަޕޫރް ޑައިރެކްޝަނަށް ނުކުންނަނީ
މުޒާހަރާއާ ހެދި ޖާންވީގެ ފިލްމަށް ހުރަސްތަކެއް
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އާ ފިލްމަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް
ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް