23 މާޗް 2021
ފިލްމީ ދާއިރާ އަށް ނުކުތް ފަހުން އެންމެ ވަރުގަދަ ކްރިޓިކަކީ އެއްބަފާ ދައްތަ އަންޝުލާ ކަޕޫރް ކަމަށް ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.
ފިލްމީ ދާއިރާ އަށް ނުކުތް ފަހުން އެންމެ ވަރުގަދަ ކްރިޓިކަކީ އެއްބަފާ ދައްތަ އަންޝުލާ ކަޕޫރް ކަމަށް ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.
އަންޝުލާ އަކީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރްގެ އަލަތު ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގު އަންހެން ދަރިފުޅެވެ. އޭނާގެ ދޮއްޓަށް ހުންނަނީ އެކްޓަރު އަރުޖުން ކަޕޫރެވެ. ޖާންވީ އާއި ޚުޝީ ކަޕޫރަކީ ބޯނީ އާއި ކުރީގެ ބަތަލާ ސްރީދޭވީ އަށް ލިބުނު ދެ ދަރިންނެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުނީ އަންޝުލާ އަކީ ރުއްސުމަށްޓަކައި ވަކި ގޮތަކަށް ފާޑުކިޔާ މީހެއް ނޫން ކަމަށެވެ. އެގޮތުން މިހާތަނަށް އޭނާ ކުޅުނު ފިލްމުތައް ބަލާފައި އެ ފިލްމުތަކަށް އެންމެ ވަރުގަދަ އަށް ފާޑުކީ މީހަކީ އަންޝުލާ ކަމަށް ބުންޏެވެ.
"އަހަންނަކީ ކޮއްކޮއަކަށްވީމަ އެ ނަޒަރުން ވިސްނާފައި ކްރިޓިސައިޒް ކުރާ މީހެއް ނޫން އަންޝުލާ ދީދީ އަކީ. އެހެންވީމަ އަބަދު ވެސް އަހަރެންގެ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ކްރިޓިކަކީ އޭނަ." މި މަހުގެ 11 ގައި ރިލީޒްކުރި "ރޫހީ" ގެ ބަތަލާ ބުންޏެވެ.
ޖާންވީ އާއި އަންޝުލާ.
ޖާންވީ ބުނި ގޮތުގައި ޚުޝީ އަކީ އަބަދު ވެސް ވަރަށް ލޯތްބާ އެކު ފާޑުކިޔާ މީހެކެވެ.
"އޭނަ އަކީ އަބަދު ވެސް އަހަރެންގެ މަސައްކަތްތައް އެންމެ ގާތުން ބަލާ މީހާ. އެހެންވީމަ އޭނަ އަށް އެނގޭނެ އަހަރެން ކުރާނެ ކަންތައްތަކާއި ނުކުރާނެ ކަންތައްތައް. އަހަރެށް އުފާކުރަން އަންޝުލާ ދީދީ އާއި ޚުޝީ އަކީ ހަޔާތުގެ ވަރަށް މުހިއްމު ބަޔަކަށްވާތީ." އޭނާ ބުންޏެވެ.
ދެހާސް އަށާރަ ވަނަ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ނުކުތް 24 އަހަރުގެ ބަތަލާ ބުނީ އޭނާ އަކީ އަބަދުވެސް ބިނާކުރުވަނިވި ފާޑުކިޔުންތަކަށް ތަރުހީބުދޭނެ މީހެއް ކަމަށެވެ. އަދި އޭނާގެ ފިލްމުތަކުގެ ރިވިއުތައް މީޑިއާތަކުން ކިޔާފައި ރަނގަޅު ކަމަށް ފާހަގަކުރާ ކަންކަން އިތުރަށް ރަނގަޅުކޮށް، ގޯސްކޮށް ހުންނަ ކަންކަން އިސްލާހުކުރަން މަސައްކަތްކުރާ ކަމަށް ބުންޏެވެ.
ޖާންވީ އާއި ޚުޝީ.
"އެ ދެ ބައި ބެލެންސްކޮށްލަން އެނގުނީމަ ކުރިއަށްދާން ފަސޭހަވާނެ. އަހަރެން އަބަދު ވެސް ފާޑުކިޔުންތައް ނަގާނީ ޕޮޒިޓިވްކޮށް." ޖާންވީ ބުންޏެވެ.
ކުރިއަރަމުން އަންނަ ބަތަލާގެ ރިލީޒްވީ މިހާތަނަށް ހަތަރު ފިލްމެކެވެ. އެއީ "ދަޅަކް" އާއި "ރޫހީ" އާއި "ގޯސްޓް ސްޓޯރީޒް" އަދި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އެވެ.
މިދިޔަ ހަފުތާގައި "ގުޑް ލަކް ޖެރީ" ގެ ޝޫޓިން ނިންމައިލި ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ތަޚުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ.
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޯނީ ކަޕޫރް ޑައިރެކްޝަނަށް ނުކުންނަނީ
މުޒާހަރާއާ ހެދި ޖާންވީގެ ފިލްމަށް ހުރަސްތަކެއް
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު
ޖާންވީގެ އާ ފިލްމަކީ "ގުޑް ލަކް ޖެރީ"
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އާ ފިލްމަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް
ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް