Roadha Mihaaru
ކޮންގްރެސްގެ ހަމަނުޖެހުމަށް ފަހު މެމްބަރުންނަށް ކޮވިޑް

ކޮންގްރެސް އަށް ވަދެ ހިންގި ހަމަނުޖެހުމަށް ފަހު ތިން މެންބަރަކަށް ކޮވިޑް ޖެހިއްޖެ

13 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 13) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ކެޕިޓަލް ހިލް އަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު ތިން މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 13) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ކެޕިޓަލް ހިލް އަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު ތިން މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ވަނީ ކޮންގްރެސްގެ ބައެއް މެންބަރުންނާ ކުރިމަތިލައިފަ އެވެ. އަނެއްބައި މެންބަރުން ވަނީ ކޮންގްރެސް އިމާރާތުގެ އެތައް މިތަނަށް ވަދެ އެތައް ގަޑިއިރެއް ވަންދެން ހިމާޔަތް ހޯދައިފަ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަނުޖެހުން ހިންގަން އިމާރާތަށް ވަން މީހުން ތިބީ މާސްކް ވެސް ނާޅަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ބުނެފައި ވަނީ ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުން ވެސް ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފައި ކަމަށެވެ.

ކޮވިޑް ޖެހުނު ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރޭގައި ބޯނީ ވޮޓްސަން، ޕްރަމިލާ ޖަޔަޕާލް އަދި ބްރެޑް ޝްނެއިޑާ ހިމެނެ އެވެ.

ސިއްހީ ތަޖްރިބާކާރުން ލަފާކުރަނީ ކޮންގްރެސްގެ އިތުރު މެންބަރުންނަށް ކޮވިޑް ޖެހިދާނެ ކަމަށެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ 23,369,732 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 389,621 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 223,628 މީހުން ޕޮޒިޓިވްވެ ރެކޯޑް އަދަދެއް ކަމަށްވާ 4,281 މީހުން މަރުވެފަ އެވެ.