Roadha Mihaaru
ކޮވިޑް-19: ގިނައީ ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން

ކޮވިޑް-19 އަށް މިއަދު 59 މީހުން ޕޮޒިޓިވް، ގިނައީ ރިސޯޓްތަކުން

14 ޖެނުއަރީ 2021

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން 59 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން 59 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހުންނަކީ ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި 17 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ރިސޯޓްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އޯ ބުލޫ ސިލެކްޓް ސަންގަލި ރިސޯޓުންނެވެ. އެ ރިސޯޓުން 27 މީހަކު ޕޮޒިޓިވްވިއިރު، އެ އެންމެންނަކީ ވެސް ރިސޯޓުގެ މުވައްޒަފުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެކުރިން އެ ރިސޯޓުން ޕޮޒިޓިވްވި މީހުންނާ އެކު، ޖުމްލަ 11 މީހަކު މިހާތަނަށް އެ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 14،200 އިން މައްޗަށް އަރާފައިވާއިރު، މިހާތަނަށް 13،400 އަށް ވުރެ ގިނަ މީހުން ރަނގަޅު ވެފައިވާތީ މި ވަގުތު ފަރުވާ ދެނީ 783 މީހަކަށެވެ. އެ ބަލީގައި ރާއްޖެ އިން މަރުވީ 49 މީހެކެވެ.