Roadha Mihaaru
އިންތިހާބު ލަސްކުރަން އެމްޑީޕީގެ މެމްބަރަކު އެދިއްޖެ

އިންތިހާބު ލަސްކުރުން ރަނގަޅުކަމަށް އެމްޑީޕީ މެމްބަރަކު ވިދާޅުވެއްޖެ

17 ޖެނުއަރީ 2021

ލޯކަލް ކައުންސިލް އިންތިހާބު އިތުރަށް ލަސްވިޔަ ނުދޭން ސަރުކާރުން ސަރުކާރުން ހުށަހެޅި ބިލެއްގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް، އެ އިންތިހާބު އަދިވެސް ލަސްކުރަން ޖެހޭ ކަމަށް ވިދާޅުވެ، ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް މިއަދު ވާހާކަ ދައްކަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލް އިންތިހާބު އިތުރަށް ލަސްވިޔަ ނުދޭން ސަރުކާރުން ސަރުކާރުން ހުށަހެޅި ބިލެއްގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް، އެ އިންތިހާބު އަދިވެސް ލަސްކުރަން ޖެހޭ ކަމަށް ވިދާޅުވެ، ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް މިއަދު ވާހާކަ ދައްކަވައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ލަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ބޭއްވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ސަލީމް ވިދާޅުވީ އަންނަ ޖޫންމަހާ ހަމައަށް އިންތިހާބު ލަސްކޮށްލައިފި ނަމަ މިނިވަންކަމާ އެކު އިންތިހާބު ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއްވެސް ގައިޑްލައިނެއްގެ ދަށުން އީސީ މަސައްކަތް ކުރުމަކީ މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވެ އޭނާ އިޝާރާތްކުރެއްވީ އިންތިހާބު ބޭއްވުމަށް ޓަކައި ރައްކާތެރިކަމުގެ ގައިޑްލައިން ހެދުމުގެ ބާރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ބިލުގައި ދީފައި ވާތީ އެކަަމަށެވެ.

"އެއްވެސް ގައިޑްލައިނެއްގެ ދަށުން އިލެކްޝަންސް ކޮމިޝަން މަސައްކަތްކުރުމަކީ މިނިވަންކަމާ އެކު އެ ކޮމިޝަނަށް މަސައްކަތްކުރެވޭނެ ގޮތެއް ކަަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސަލީމް ވިދާޅުވި އެވެ.

އިންތިހާބު ލަސްކުރަން ޖެހޭ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ވެކްސިން ލިބުން ދާދި ގާތްވެފައި ވުމެވެ. އަންނަ މޭ މަހާ ހިސާބަށް ދާއިރު ރާއްޖޭގައި ވެކްސިން ދީ ނިމޭނެ ކަަމަށް އޭނާ ލަފާކުރެއްވި އެވެ. މި މަހުގެ ތެރޭގައި ރާއްޖެ އަށް ވެކްސިން ގެނެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބު ލަސްކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ދެވަނަ ސަބަބެއްގެ ގޮތުގައި ސަލީމް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި އިންތިހާބަށްް ހިނގާ ހަރަދު ބޮޑުވުމެވެ. ތަންތަން ޑިސްއިންފެކްޓްކުރުމާއި ވޯޓުލާ މަރުކަޒުތަކަށް ވަންނަ މީހުންގެ ޓެމްޕަރޭޗާ ބެލުން ފަދަ ކަންތައްތަކާ ހެދި ހަރަދު އިތުރަށްް ބޮޑުވާނެ ކަމަށް އޭނާ ވިދާާޅުވި އެވެ. ވެކްސިންދީ ނިމި ޖޫންމަހުގެ ތެރޭގައި އިންތިހާބު ބާއްވާ ނަމަ ހަރަދު ކުޑަވުމުގެ އިތުރަށް ކެމްޕޭން ކުރުމުގެ މިނިވަންކަން ވެސް އޭނާ ވިދާޅުވީ މާ ބޮޑަށް ލިބޭނެ ކަަމަށެވެ.

ލޯކަލް ކައުންސިލް އިންްތިހާބު ނުބޭއްވި މިހައިތަނަށްް ލަސްވީ، ކޮވިޑްގެ ބަލިމަޑުކަން އައުމުން އިންްތިހާބު ލަސްކުރަން ޖެހިގެން ހެދި ސަންސެޓް ގާނޫނަކާ ހެދި އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކާ ބެހޭ ހާއްސަ ގާނޫނު 2020 ގެ ނަމުގައި މިދިޔަ އަހަރު ފާސްކުރި އެ ގާނޫނުގައިވާ ގޮތުން، އިންތިހާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނީ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އުވައިލުމުންނެވެ. މަޖިލީހުގެ ދައުރުން ބޭރުން މިހާރު ބާއްވާ ޖަލްސާތަކަކީ އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެއްގެ މަސަައްކަތްކުރަން ބާއްވާ ޖަލްސާތަކެކެވެ.